ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތުން ބާކީ ތިބި މީހުން މިނިވަން ކުރަން ދެކޮޅު ހަދައިފިނަމަ އިސްރާއީލުން ޣައްޒާގެ އިތުރު ސަރަހައްދެއް ހިފައި، ހަމާސް ނައްތާލަންދެން ހަނގުރާމަ ކުރާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ދެއްކެވީ އިޒްރޭލުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ވައިގެ މަގުންނާއި އެއްގަމު ހަނގުރާމަ އަލުން ފެށުމާއި ގުޅިގެން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ސަލާމަތްކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ހަމާސް އިން އިސްރާއިލަށް ދިން ޙަމަލާއަށްފަހު ޣައްޒާގައި ހަމާސްގެ ވެރިކަމާއި އަސްކަރީ ބާރު ދެން ދުވަހަކުވެސް ބަލައިނުގަންނާނެކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާ ބޮމުގެ ހަމަލާތައް ދޭން ފެށުމާ ގުޅިގެން ޣައްޒާގެ މެދުތެރެއާއި ދެކުނުގައި އެގައުމުގެ ސިފައިން އަސްކަރީ އޮޕަރޭޝަން ފަށާފައިވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އާ އޮޕަރޭޝަނުގެ މަގުސަދަކީ ހަނގުރާމަވެރިންނަށް ބާކީ ތިބި މީހުން ދޫކޮށްލުމަށް މަޖުބޫރު ކުރުން ކަމަށެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވީޑިއޯއެއްގައި ކާޓްޒް ވިދާޅުވީ ހަމާސް ޖަމާއަތުން ހަރުކަށި ފިކުރުގެ އަމަލުތައް ކުރިއަށް ގެންދާނަމަ، އެ ޖަމާއަތުން ޣައްޒާގެ ސަރަހައްދުތައް އިސްރާއިލަށް ނެގުމާއި ހަނގުރާމަވެރިން ތިބޭ އިމާރާތްތަކާއި ބިނާތައް ހަލާކުކޮށްލާ ބޮޑު އަގެއް އެކަމުގައި އަދާކުރަންޖެހޭނެ ކަމަށެވެ.
މީގެ 17 މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން އެންމެ ނުރައްކާތެރި ހަމަލާއަކީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހިނގަމުން އައި ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ހަމާސް ޖަމާއަތުން އަތުލައިގަތް 250 އަށްވުރެ ގިނަ މީހުންގެ ތެރެއިން 59 މީހުން ތިބި އިރު އޭގެ ތެރޭގައި 24 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެއެވެ. ބާކީ ތިބި ގިނަ މީހުން މިނިވަންކޮށް، ނުވަތަ އެމީހުންގެ ހަށިތައް ހަވާލުކޮށްފައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ތެރޭގައެވެ.
އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ޙަމަލާގައި ފަލަސްޠީނުގެ 50،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.