ކ. މާލެ
|
20 މާރޗް 2025 | ބުރާސްފަތި 11:35
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ޑިރިޔާ ޕެލަސްގައި އެމެރިކާއާއި ސައުދީ އަދި ރަޝިޔާގެ އޮފިޝަލުން މިއަހަރުގެ ފެބްރުވަރީ މަހު ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ޑިރިޔާ ޕެލަސްގައި އެމެރިކާއާއި ސައުދީ އަދި ރަޝިޔާގެ އޮފިޝަލުން މިއަހަރުގެ ފެބްރުވަރީ މަހު ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއާ އެކު ބާއްވާ ބައްދަލުވުން ހޯމަ ދުވަހު ސައުދީގައި 
ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތަފްސީލު އަދި ހާމަ ކުރައްވާފައި ނުވިޔަސް، ވިޓްކޮފް ވިދާޅުވީ "ފަންނީ ޓީމްތަކުން މިހާރު ކުދި ކުދި ކަންކަން ނިންމުމަށް" މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި އެމެރިކާ ފަންނީ މަޝްވަރާ ކުރަަން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވީ، އެ މަޝްވަރާތައް އޮންނާނީ ހޯމަ ދުވަހު ސައުދީ އަރަބިއްޔާގައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މަޝްވަރާތަކާ އެކު، "ދެތިން ހަފުތާ"ގެ ތެރޭގައި އެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.

ވިކްޓޮފް މިހެން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ދެމެދު ބޭއްވުނު ފޯނު މަޝްވަރާއަކަށް ފަހު، ބްލޫމްބާގް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

އެ މަޝްވަރާގައި ދެ ރައީސުން ވެސް، ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވެ ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތަފްސީލު އަދި ހާމަ ކުރައްވާފައި ނުވިޔަސް، ވިޓްކޮފް ވިދާޅުވީ "ފަންނީ ޓީމްތަކުން މިހާރު ކުދި ކުދި ކަންކަން ނިންމުމަށް" މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް އާއި ރައީސް ޕުޓިން، އެ ގައުމުގައި ބައްދަލު ކުރެއްވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް ވެސް ވަނީ ހަނގުރާމަ ހުއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އޭނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާގެ ކައުންޓަޕާޓް ޔޫރީ އުޝަކޮވް އާއެކު މަޝްވަރާ ކުރައްވައި، ސައުދީ އަރަބިއްޔާގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

- ކޮމެންޓް