ކ. މާލެ
|
20 މާރޗް 2025 | ބުރާސްފަތި 11:33
މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި އޯވަލް އޮފީހުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވަނީ
މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި އޯވަލް އޮފީހުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޓްރަމްޕް، ޒެލެންސްކީއާ މަޝްވަރާ ކުރައްވައިފި
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ މަޝްވަރާގައި ގިނަ ބައިތަކެއް އަމާޒު ކުރެވިފައި ވަނީ އޭގެ ކުރީ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއެކު ކުރެވުނު މަޝްވަރާ އަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ މަޝްވަރާ ކުރައްވައިފި އެވެ.

ޓްރަމްޕް ވަނީ ފޯނު މެދުވެރިކޮށް ޒެލެންސްކީއާ މަޝްވަރާ ކުރައްވައި، ވާހަކަ ދައްކަވައިފަ އެވެ. އެ ފޯނު ކޯލު ވަނީ ގާތް ގަނޑަަކަށް އެއް ގަޑިއިރަށް ދެމިގެން ގޮސްފަ އެވެ. 

އެ މަޝްވަރާގައި ރަޝިޔާ އަދި ޔުކްރެއިންގެ ހަނގުރާމައިގެ ހައްލަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ މަޝްވަރާގައި ގިނަ ބައިތަކެއް އަމާޒު ކުރެވިފައި ވަނީ އޭގެ ކުރީ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއެކު ކުރެވުނު މަޝްވަރާއަށެވެ.

އެ މަޝްވަރާތަކުގެ މަގުސަދަކީ، ދެ ގައުމުން ބޭނުންވާ ކަންތައްތަކާއި، ޑިމާންޑުތައް އެއް ހަމައަކަށް ގެނައުމެވެ. ނަމަވެސް، ޒެލެންސްކީ ވަނީ ޔުކްރެއިން އަށް ދެވޭ އަސްކަރީ އެހީ ހުއްޓާލުމަށް ރަޝިޔާ އިން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދިނުމަށް ޓްރްމްޕަށް ދަންނަވައިފަ އެވެ.

މީގެ އިތުރުން ޔުކްރެއިން އަށް ދެވޭ އެހީ އިތުރު ކުރަން ޖެހޭ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. ޕުޓިން އާއި ޓްރަމްޕްއާ ދެމެދު ކުރެވުނު މަޝްވަރާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ދެވޭ ހަމަލާތައް ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވި އެވެ.

ޕުޓިން ވިދާޅުވެފައި ވަނީ، ފުރިހަމަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި، ޔުކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭނެ ކަމަށާއި އަދި މަޖުބޫރު އަސްކަރީ ޚިދުމަތް ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ޔުކްރެއިން އިން ބުނަނީ އެކަމުން ޔުކްރެއިން ނާޒުކު ހާލަތަކަށް ވެއްޓި، ރަޝިޔާގެ އިތުރު ހަމަލާތަކަށް އެ ޤައުމުގެ ހުށަހެޅި ދާނެ ކަމަށެވެ.

- ކޮމެންޓް