ކ. މާލެ
|
19 މާރޗް 2025 | ބުދަ 13:23
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި
މެންބަރުން ރަމަޟާން މަހުގެ ފަހު 10ގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް އެދިވަޑައިގެންނެވި
އީދު ބަންދަށްފަހު ސަރުކާރު އަލުން ހުޅުވާނީ 5 އޭޕްރީލް 2025 ގައި

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރިމަތިލަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އަކާ ކަމަށާއި، މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ރަމަޟާން މަހުގެ ފަހު 10ގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް އެދޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.

އަޅުގަނޑުމެން މިކުރިމަތިލަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އަކާ. އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ އަދި އިލްތިމާސްއަކީ ވެސް ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10ގައި ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދެވުން. އެމަހުގެ ސަވާބާ ދަރުމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ކަނޑިނޭޅި ހިތްވަރާއި، ހިތްމަތާ އިހްލާސްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުން. މި ބަރަކާތްތެރި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް އުފާ ފާގަތި މައްސަރެއް ކަމަށް ލައްވައި، އަދި މިމަހުގެ ސަވާބާ ދަރުމަ އަޅުގަނޑުމެން ހުރިހާ އެންމެނަށް ފުރިހަމަ ގޮތުގައި ލިބޭނެ ހުރިހާ މަގެއް މާތްﷲ އަޅުގަނޑުމެންނަށް ފަހިކޮށް ދެއްވުން. އެއީ އަޅުގަނޑުގެ އިހުލާސްތެރި ދުއާ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމި އޮއްވައެވެ. ރަމަޟާން މަހުގެ ތެރޭގައި ވެސް ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ 30 މިނެޓަށްވުރެ ކުރުކޮށެވެ. އަދި ގިނަ ކޮމެޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ނުގެންދާ ކަމަށް ބައެއް މަޖިލިސް މެންބަރުން ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފަހު 10އަކާއި ގުޅިގެން 20 މާރިޗުން ފެށިގެން ސަރުކާރު ބަންދުވާއިރު، އީދު ބަންދަށްފަހު ސަރުކާރު އަލުން ހުޅުވާނީ 5 އޭޕްރީލް 2025 ގައެވެ.

ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަން ބައެއް މުވައްޒަފުންނަށް ޖެހެއެވެ. އެހެންކަމުން އެ މުވައްޒަފުންނަށް އިނާޔާތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް