ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 23:37
މުޒާހަރާ ކުރުމާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރުމަށްފަހު ފޮނުވާނީ 4 ގަޑިއިރަށްވުރެ ގިނައިރުވި ފަހުން
މުޒާހަރާ ކުރުމާއި ގުޅިގެން މާޒް ފުލުހަށް ހާޒިރުކުރުމަށްފަހު ފޮނުވާނީ 4 ގަޑިއިރަށްވުރެ ގިނައިރުވި ފަހުން
ރާއްޖެއެމްވީ
މާޒް ފުލުހަށް ހާޒިރުކުރުން
ރޯދަ ވީއްލަން ބަންގި ގޮވި އިރުވެސް މާޒް އިނީ ޕޮލިހުގައި ބައިންދާފައި، ވިދާޅުވީ ނުހުއްޓުވޭނެކަމަށް
ގިނަ އިރު ވަންދެން މަޑުކުރުވީ ސުވާލުކުރަން
ހުންނެވީ ގާނޫނަށް ބޯލަނބައިގެން، ދެންވެސް ހާޒިރުވާން އަންގައިފިނަމަ ދާނަން

އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މާޒް ސަލީމް ފުލުހަށް ހާޒިރުކޮށް ބަންގި ގޮވިފަހުންވެސް ދޫކޮށްނުލާ، 4 ގަޑި އިރަށްވުރެ ގިނައިރުވިފަހުން ދޫކޮށްލައިފި އެވެ.

މާޒް ވިދާޅުވީ އެބަޔަކު ބޭނުންވާ ސުވާލެއްކޮށް، އެބަޔަކު ބޭނުންވާ ކަމެއް ކުރުމަށްޓަކައި މުޒާހަރާގެ ބައިވެރިން ގެންނަމުންދާ ކަމަށެވެ. އަދި ފުލުހުން ބޭނުންވާ ސުވާލުތަކެއް ކޮށްފައި ދޫކޮށްލާނެ ކަމަށާއި، ލަސްވީ އެ ސަބަބާއި ގުޅިގެން ކަމަށް މާޒު ވިދާޅުވި އެވެ. މާޒު ވިދާޅުވީ ހުންނެވީ ގާނޫނަށް ބޯ ލަނބައިގެން ކަމަށާއި، ދެންވެސް ހާޒިރުކުރާނަމަ ވަޑައިގަންނަވާނެ ކަމަށެވެ.

މާޒު ވިދާޅުވީ މުޒާހަރާގެ ބައިވެރިން އިރުއިރުކޮޅާ ފުލުހަށް ހާޒިރުކުރިނަމަވެސް، މުޒާހަރާއަށް ބަދަލެއް ނާންނާނެ ކަމަށާއި، މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކު ހީފުޅުނުކުރައްވާތި އަޅުގަނޑުމެން ދަމާ، ދެއިރުކާ ބޭހެއްހެން އެކިއެކި ފުލުސް އޮފީހަށް ގެނެޔަސް އަޅުގަނޑުމެން ނުހުއްޓާނަން. އަޅުގަނޑުމެން ވަކާލާތުކުރަމުންދަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ.

މާޒް ސަލީމް

ހެންވޭރުގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން އަށް މާޒް ހާޒިރުކުރީ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައެވެ. އަދި އޭނާ އާއި ސުވާލުކުރުމަށްފަހު ފޮނުވާލީ އަންގާރަ ދުވަހުގެރޭ އިޝާ ނަމާދަށްފަހު އެވެ.

- ކޮމެންޓް