ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 14:06
އެމްޑީޕީގެ މައްޗަން ގޯޅީގެ އުތުރު ދާއިރާގެ ރައީސް ހަދީޖާ މުހައްމަދު (ހައްޖަ) ފުލުހަށް ހާޒިރުކުރުން - 18.03.2025
އެމްޑީޕީގެ މައްޗަން ގޯޅީގެ އުތުރު ދާއިރާގެ ރައީސް ހަދީޖާ މުހައްމަދު (ހައްޖަ) ފުލުހަށް ހާޒިރުކުރުން - 18.03.2025
ރާއްޖެއެމްވީ
އެމްޑީޕީގެ ކުއްލި އެއްވުން
މުޒާހަރާތަކާއި ގުޅިގެން ދެވަނަ ފަހަރަށް ހައްޖަ ފުލުހަށް ހާޒިރުކޮށްފި
2025 މާރޗް 18 ވީ އަންގާރަ ދުވަހު އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މެންދުރު 01:00 އަށް
ފުލުހުން ހައްޖަގެ މައްޗަށް ކުރަނީ، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް މަލޭގެ އެކި ސަރަހައްދުތަކުގައި މަގުމައްޗަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާއްމު ދަތުރުފަތުރަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތު

މިހާރު އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން، އެމްޑީޕީގެ މައްޗަން ގޯޅީގެ އުތުރު ދާއިރާގެ ރައީސް ހަދީޖާ މުހައްމަދު (ހައްޖަ) ދެވަނަ ފަހަރަށް ޕޮލިހަށް ހާޒިރުކޮށްފިއެވެ.

2025 މާރޗް 18 ވީ އަންގާރަ ދުވަހު އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މެންދުރު 01:00އަށެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓުގައި ބުނެފައި ވަނީ މާރޗް 18 ވަނަ ދުވަހު އޭނާ ފުލުހަށް ހާޒިރު ކުރަނީ، 10 މާރިޗް 2025 ވަނަ ދުވަހުގެ ރޭ، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް މަލޭގެ އެކި ސަރަހައްދުތަކުގައި މަގުމައްޗަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާއްމު ދަތުރުފަތުރަށް ހުރަސް އަޅާފައިވާތީ ކަމަށެވެ.

ފުލުހަށް ހާޒިރުވުމުގެ ކުރިން ހައްޖަ ބުނީ ފުލުހަށް ހާޒިރު ކުރީ ބިރު ދައްކަން ކަމަށެވެ. ކުޑަކުޑަ ކުދިން ގޭގައި ބައިތިއްބާފައި ރޯދަ މަހެއްގައި އިރު އިރުކޮޅާ ފުލުހަށް ހާޒިރުވުމަކީ ފަސޭހަކަމެއް ނޫން ކަަމަށް އޭނާ ވަނީ ބުނެފައެވެ.

2025 މާރޗް 16ވީ އާދިއްތަ ދުވަހުގެ މެންދުރު 1:00ށް ހަދީޖާ ވަނީ ގަލޮޅު ޕޮލިހަށް ހާޒިރުވެފައެވެ.

އެ ދުވަހު ހައްޖަ ފުލުހަށް ހާޒިރު ކުރީ ހަދީޖާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ 12 މާރިޗް 2025 ވަނަ ދުވަހުގެ ރޭ، އޭނާ އިތުރު ބަޔަކާއި ބައިވެރިވެގެން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލެ ސިޓީގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް، އާއްމު ދަތުރުފަތުރަށް ހުރަސްއަޅާ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކުރި ކަމަށް ތުހުމަތެވެ. އަދި ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މި މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

- ކޮމެންޓް