ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 10:54
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ - މަންދީ ވަނީ މުޒާހަރާތަކާއި ގުޅިގެން ޖެހިޖެހިގެން ދެވަނަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ - މަންދީ ވަނީ މުޒާހަރާތަކާއި ގުޅިގެން ޖެހިޖެހިގެން ދެވަނަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މުޒާހަރާތަކާއި ގުޅިގެން މަންދީ ތިން ވަނަ ފަހަރަށް ފުލުހަށް ހާޒިރު ކޮށްފި
އެމްޑީޕީ އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން މަންދީ ފުލުހަށް ހާޒިރު ކުރި މިއީ ތިން ވަނަ ފަހަރު
ހޯމަ ދުވަހު މަންދީ ފުލުހަށް ހާޒިރުކޮށްފައި ވަނީ ޗިލްޑްރަންސް އޮންބަޑްސްޕަރސަން އޮފީހުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ތުހުމަތު ކޮށް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ) ތިންވަނަ ފަހަރަށް ފުލުހަށް ހާޒިރުކޮށްފި އެވެ.

އާދިއްތަ ދުވަހު ފުލުހުން މަންދީ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މާފަންނު ޕޮލިސް ސްޓޭޝަން އަށް ހާޒިރު ވުމަށެވެ. އެގޮތުން އޭނާ ވަނީ އަންގާރަ ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައި އެވެ.

އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން މަންދީ އެންމެ ފުރަތަމަ ފުލުހަށް ހާޒިރު ކޮށްފައި ވަނީ 2025 މާރޗް 16 ވީ އާދިއްތަ ދުވަހުގެ 1:30 ގައެވެ.

ދެވަނަ ފަހަރަށް މަންދީ ފުލުހަށް ހާޒިރުކޮށްފައިވަނީ، 2025 މާރޗް 17 ީ ހޯމަ ދުވަހުގެ 1:30 ގައެވެ. އެއީ ޗިލްޑްރަންސް އޮންބަޑްސްޕަރސަން އޮފީހުން ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށް ތުހުމަތު ކޮށް ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށެވެ.

މަންދީ ތިންވަނަ ފަހަރަށް ހާޒިރުކޮށްފައިވަނީ 2025 މާރޗް 18 ވީ އަންގާރަ ދުވަހުގެ 10:00 ގައެވެ. ފުލުހަށް ހާޒިރު ވުމަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑް ހުރަސްކޮށް ފުލުހުންގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ.

އެ ތުހުމަތުގައި މަންދީ ޙާޒިރު ކޮށްފައި މިވަނީ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ. ބަޔާން ނެގުމަށް އެއް ގަޑިއިރާއި ތިރީސް މިނިޓް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

މުޒާހަރާތަކާއި ގުޅިގެން ދެފަހަރެއްގެ މަތިން މަންދީ ފުލުހަށް ހާޒިރު ކުރިއިރު، އެމްޑީޕީގެ މުޒާހަރާތަކާއި ގުޅިގެން ގިނަ ބައަކު ވަނީ އެކި ފަހަރުމަތިން ފުލުހަށް ހާޒިރުކޮށް ބަޔާން ގާފައެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ބުހައްޤު ބާރޔު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުރުމަށެވެ.

- ކޮމެންޓް