ކ. މާލެ
|
17 މާރޗް 2025 | ހޯމަ 10:52
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއު އެއްގެ ތެރެއިން - 17.03.2025
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއު އެއްގެ ތެރެއިން - 17.03.2025
ރާއްޖެއެމްވީ
މަގުމަތިން ހަމަލާ ދިނުން
މަގުމަތުން ކަޅުތެޔޮ ޖެހުމާއި، ގާ އުކުމުގެ ސަޤާފަތް އަލުން މި ސަރުކާރުން އިއާދަކޮށްފި - ޝިފާޒް
މިފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނުބަލައިފި ނަމަ އެއީ ބިރުވެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށް ވެސް ޝިފާޒް ވިދާޅުވި
މާރާމާރީ ހިންގުމަކާއި ނުލާ ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ކޮންމެ ޕާޓީއަކަށް ވެސް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި

މަގުމަތިން ކަޅުތެޔޮ ޖެހުމާއި، ގާ އުކުމުގެ ސަޤާފަތް އަލުން މި ސަރުކާރުން އިއާދަކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލަ އެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް އާދިއްތަ ދުވަހުގެރޭ ކަޅު ތެޔޮ ޖެހި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނުއަސާސީން އެންމެ ބޮޑަށް ބާރު ލިބިދީގެން ހޯދާފައިވާ ހައްގު ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީއެއްގެ ދައުރަކީ ޖަވާބުދާރީކުރުވުމުގެ ދައުރު ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

މި ސަގާފަތް ރާއްޖެއިން ނެތިގެން ގޮސްފި ކަމަށް ދެކިގެން ތިބި ބައެއް އަޅުގަނޑުމެންނަކީ. އެ ދުވަސް ގޮސްފި ކަމަށް. ވާދަވެރި ސިޔާސީ މަސައްކަތުގެ ތެރޭގައި ފެށި އިރު އޮތް ކަމެއް މިއީ. އެކަމަކު މާޒީ އަށް މިހާރު ގޮއްސަ އޮތް ކަމެއް ކަމަށް ދެކިގެން ތިބީ. އަލުން މިކަން އިއާދަވުން މިއީ ވަރަށް ނުރައްކާތެރި ކަމެއް.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު

މާރާމާރީ ހިންގުމަކާއި ނުލާ ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ކޮންމެ ޕާޓީއަކަށް ވެސް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަމިއްލަ ޖާހަށްޓަކާ މުޅި ޤައުމު ފުނޑާލުމަކީ އެއީ އެމްޑީޕީން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނުބަލައިފި ނަމަ އެއީ ބިރުވެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

- ކޮމެންޓް