ކ. މާލެ
|
17 މާރޗް 2025 | ހޯމަ 10:30
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން ބާސެލޯނާ މޮޅުވެއްޖެ
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 60 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެެއް މެޗު އިތުރަށް ކުޅެގެން ދެ ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ ވެސް 60 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން ދެ ލަނޑު ޖަަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އެލެގްޒެންޑާ ސޯލޮތު ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އޭގެ ހަ މިނެޓު ފަހުން ފެރާން ޓޮރޭސް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބާސެލޯނާ އިން ވަނީ ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ލަމީން ޔަމާލް ޖެހިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ ޓޮރޭސް އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 60 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެެއް މެޗު އިތުރަށް ކުޅެގެން ދެ ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ ވެސް 60 ޕޮއިންޓެވެ.

އެހެންކަމުން މެޗުގެެ އަދަދު ހަމަކުރާއިރު، އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ. ބާސެލޯނާ އަތުން ބަލިވި އެތުލެޓިކޯ އަށް ތިން ވަަނައިގައި ލިބެނީ 56 ޕޮއިންޓެވެ.

- ކޮމެންޓް