ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 13:42
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު ބޭރުކޮށްލަން ނިންމާފައިވާ ކަމަށް
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު ބޭރުކޮށްލަން ނިންމާފައިވާ ކަމަށް
އޭއެފްޕީ
އެމެރިކާ-ދެކުނު އެމެރިކާ ގުޅުން
އެމެރިކާގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު ބޭރުކޮށްލައިިފި
ދެކުނު އެފްރިކާގެ ސަފީރަކީ އަޕާޓައިޑްއާ ދެކޮޅަށް މަސައްކަތްކުރި ފަރާތެކެވެ. އޭނާ ވަނީ ފަލަސްތީނު ގައި އިސްރާއީލުން ހިންގާ ހަނގުރާމައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ.

އެމެރިކާ ގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު އިބްރާހީމް ރަސުލް އެ ޤައުމުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

މި ނިންމުން ނިންމާފައި ވަނީ ދެކުނު އެފްރިކާގެ ސަފީރު، އެމެރިކާ އަދި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ދެކޭ ގޮތް ސަބަބެއް ކަމުގައި ބަޔާންކޮށްފަ އެވެ.

ރޫބިއޯ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވެފައި ވަނީ، ދެކުނު އެފްރިކާގެ ސަފީރަކީ "އެމެރިކާ ދެކެ ނަފްރަތު ކުރާ އަދި ނަސްލީ ހަމަ ނުޖެހުން އުފައްދާ ސިޔާސީ މީހެއް" ކަމަށެވެ. އަދި އޭނާއާ އެކު މަޝްވަރާ ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

މި ކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސް ވެގެން ދާނެ ކަމެކެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ދެކުނު އެފްރިކާގެ ދަނޑުވެރިންގެ ބިންތައް ސަރުކާރުން އަތުލާ ކަމަށް ބުނެ، އެ ގައުމަށް ދޭ އެހީ ހުއްޓާލާފައި އެވެ. އަދި އެ ދަނޑުވެރިންނަށް އެމެރިކާގެ ރައްޔިތުކަން ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދެކުނު އެފްރިކާގެ ސަފީރަކީ އަޕާޓައިޑްއާ ދެކޮޅަށް މަސައްކަތްކުރި ފަރާތެކެވެ. އޭނާ ވަނީ ފަލަސްތީނު ގައި އިސްރާއީލުން ހިންގާ ހަނގުރާމައާ ދެކޮޅަށް ވެސް އަޑު އުފުލާފައި އެވެ.

ބިމުގެ މިލްކުވެރި ކަމަކީ އަޕާޓައިޑް ނިމުނުތާ 30 އަހަރު ފަހުން ވެސް ދެކުނު އެފްރިކާ ގައި ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ

 ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ދައުރު ފެށުނު އިރު ގުޅުން ރަނގަޅު ކަމަށާއި، ނަމަވެސް ފަހުން ގުޅުން ހީނަރުވެފައިވާ ކަމަށެވެ. މިހާރު ސަފީރު ބޭރުކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެކަމަށް ލަފާކުރެވެ އެވެ.

- ކޮމެންޓް