އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ފަލަސްޠީނުގެ 98 މީހަކު ޝަހީދު ކޮށްލައިފި އެެެވެ.
ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބު ތަކަށް ބިނާކޮށް އަލް ޖަޒީރާ އިން ހެދި ދިރާސާއެއް ގައި ދައްކާ ގޮތުން، ޖަނަވަރީ 20 ގައި ހަނގުރާމައިގެ ވަގުތީ ހުއްޓުމަކަށްފަހު، އެ މަހު ތެރޭގައި ފަލަސްޠީނުގެ 23 މީހަކު ޝަހީދު ކޮށްލާފައިވާއިރު، އަށް މީހަަކަށް ވަނީ އަނިޔާވެފަ އެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު 31 މީހަކު ޝަހީދު ކޮށްލާފައިވާއިރު، 16 މީހުންންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، 44 މީހުން ޝަހީދުކޮށް، ދެ މީހަކަށް އަނިޔާވެފައިވެ އެވެ.
މި ދިރާސާއިން ދައްކާ ގޮތުން، ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލިއަނުން ޝަހީދުވެ، އަނިޔާވަމުން ދާއިރު، ހުއްޓުމެއް ނެތި ކުރިއަށްދާ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަލް ޖަޒީރާ އިން އެއްކުރި މަޢުލޫމާތު ތަކަށް ބަލާއިރު، އިޒްރޭލްގެ ހަމަލާ ތަކުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް، 48،529 ފަލަސްތީނުން ޝަހީދުވެ، 111،955 މީހުންނަށް އަނިޔާވެފައިވެ އެވެ.