ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 00:12
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ކުރީ ސަފުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ކުރީ ސަފުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ
ރާއްޖެ އެމްވީ
ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ
ރާއްޖޭގެ ރައްޔިތުން ބިރަށް ނުސިހޭނެ، މުޒާހަރާ ކުރަމުންދަނީ ރައްޔިތުން އެތައް ތަކުލީފެއް އުފުލަންޖެހިފައިވާތީ: ރާއީ
އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާއިރު، ރައްޔިތަކަށް ލިބުނު ކުރިއެރުމެއް ނެތް
މި ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ކުރަމުން
ރާއްޖޭގެ އިގްތިސާދު ފުޑާލައި، މިނިވަންކަން ދަނީ ގެއްލެމުން

ރާއްޖޭގެ ރައްޔިތުން ބިރަށް ނުސިހޭނެ ކަމަށާއި، މުޒާހަރާ ކުރަމުންދަނީ ރައްޔިތުން އެތައް ތަކުލީފެއް އުފުލަންޖެހިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަސް ވެރިކަން ކުރަން ނޭނގޭ ކަމަށާއި، ބަޖެޓަށް ވާނުވާ ނޭނގި، ގައުމުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާއިރު، ރައްޔިތަކަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް ރާއީ ވިދާޅުވިއެވެ.

މުޒާހަރާ ކުރަމުންދާ ސަބަބުތަކަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ މުޒާހަރާ ކުރަމުންދަނީ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާތީ ކަމަށާއި، ހައްގުތައް ނަގާލަމުންދާތީ ކަމަށެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާގެ ނާގާބިލު ކަމާއެކު މި ސަރުކާރުން ރައްޔިތުންނަށް ދުއްތުރާ ކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޑާލައި، މިނިވަންކަން ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރަން ނޭނގިގެން ތިއުޅެނީ. ކިތައް ބަޖެޓުތޯ. ވީކަމެއް ހަރާމޭ. ފާޅުކަން ބޮޑު ގޮތެއްގައި ދޮގުތަކެއް ހަދަމުންދަނީ. ބިރު ދައްކައިގެން ފަހަތަށް ނުޖެއްސޭނެ. ރާއްޖޭގެ ރައްޔިތުންނަކީ ބިރަށް ސިހޭނެ ބައެއް ނޫން.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ

ރާއީ ވިދާޅުވީ މުޒާހަރާ ކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ކުރަނީ ފުރުއްސާރައެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިލްސިލާ މުޒާހަރާތައް ވަރުގަދަކުރާނެ ކަމަށާއި، އިތުރު ރައްޔިތުން މި މުޒާހަރާގައި ބައިވެރިވާނެ ކަަމަށް ރާއީ ވިދާޅުވި އެވެ.

- ކޮމެންޓް