ކ. މާލެ
|
14 މާރޗް 2025 | ހުކުރު 10:52
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު  ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަނީ - 13.03.2025
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަނީ - 13.03.2025
ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު
"ޤާނޫނުއަސާސީ އަކީ މިއަދުގެ ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާޢު ބޭނުންފުޅުވާހާ ގޮތަށް މާނަކުރަން އެކުލަވާލާފައި އޮތް އެއްޗެއް ނޫން"
އާއްމުން ބަސްބުނަން މަގުމައްޗަށް ނުކުތުމުން، ގޭގައި ތިބެގެން ޚިޔާލުފާޅުކުރުމަށް ފުލުހުން އަންގާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި
ކުރިއަށް އޮތްތަނުގައި މުޒާހަރާ ދާނީ ވަރުގަދަ ވަމުން ކަމަށާއި މުޒާހަރާގެ ބައިވެރިން ވެސް ދެން ވާނީ އިތުރު ކަމަށް އޭނާ ވިދާޅުވި

ޤާނޫނުއަސާސީ އަކީ މިއަދުގެ ޕޮލިސް ކޮމިޝަނަ ޢަލީ ޝުޖާޢު ބޭނުންފުޅުވާހާ ގޮތަށް މާނަކުރަން އެކުލަވާލާފައި އޮތް އެއްޗެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު މުޅި މަޖިލިސް އެ މަނިކުފާނުގެ އަތްޕުޅު ދަށަށް ލައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުން ތިބީ ކަސްތޮޅު އަޅުވާފައި ކަމަށް ވުމުން އެ މެމްބަރުން އައްޔަން ކުރި ރައްޔިތުންގެ ހައްގުގައި މެމްބަރުންނަށް ބަހެއް ނުބުނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާލަތުގައި އާއްމުން ބަސްބުނަން މަގުމައްޗަށް ނުކުތުމުން، ގޭގައި ތިބެގެން ޚިޔާލުފާޅުކުރުމަށް ފުލުހުން އަންގާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީން ލިބޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެގޮތަށް ހަނިކުރުމަކީ ސީޕީއަކަށް ހުންނަވާ ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫން ކަަމށް އޭނާ ވަނީ ވިދާޅުވެފައެވެ.

ތިބޭފުޅުން ދެކެ އަޅުގަނޑުމެން ބިރު ގަންނާކަށް ނުޖެހޭނެއޭ. ލޮތްބޭ ވާޏްޖެހޭނީ. ކީއްވެގެންތޯއޭ ކޮމިޝަނަރ ތިޔަ އުޅުއްވަނީ.

މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

މީގެ އިތުރުން، ނިމިދިޔަ ވެރިކަމުގައި ފުލުހުންގެ ޤާނޫނަށް ބަދަލު ގެނެސް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާނެ ކަމަށާއި އެކަން ކޮށްފައި ވަނީ ފުލުހުން ޕްރޮފެޝަނަލް ކަމާއި އެކު ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްޓަކާ ކަމަށް އަބްދުﷲ ވަހީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް ކަންކަން ކުރުމަށް ފުލުހުން ފަހިކޮށްދޭ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ކުރިއަށް އޮތްތަނުގައި މުޒާހަރާ ދާނީ ވަރުގަދަ ވަމުން ކަމަށާއި މުޒާހަރާގެ ބައިވެރިން ވެސް ދެން ވާނީ އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް