ކ. މާލެ
|
13 މާރޗް 2025 | ބުރާސްފަތި 23:26
އެމްޑީޕީ ކުއްލި އެއްވުމުގެ ތެރެއިން މުޙައްމަދު ޝާމިން ވާހަކަދައްކަވަނީ: ވިދާޅުވީ އިސްލާހީ ހަރަކާތުގައި ކުޑަކޮށް ވެސް ފަހަތައް ޖެހިވަަޑައިނުގަންނަވާނޭ ކަމަށް
އެމްޑީޕީ ކުއްލި އެއްވުމުގެ ތެރެއިން މުޙައްމަދު ޝާމިން ވާހަކަދައްކަވަނީ: ވިދާޅުވީ އިސްލާހީ ހަރަކާތުގައި ކުޑަކޮށް ވެސް ފަހަތައް ޖެހިވަަޑައިނުގަންނަވާނޭ ކަމަށް
ރާއްޖެއެމްވީ
އެމްޑީޕީ ރެލީ
މިއީ ވަރަށް އަނިޔާވެރި، ޚުދުމުހުތާރު ވެރިކަމެއް. ކިތަންމެ ވަރަކަށް ބިރުދެއްކިއަސް ފަހަތަކަށް ނުޖެހޭނަން: ޝާމިން
ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރަކީ ވަރަށް އަނިޔާވެރި، ޚުދުމުޚުތާރު ސަރުކާރެއް
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގެ މައްސަލާގައި ކޯޓަށް ހާޒިރު ކޮށް އަމިއްލަ އަށް ވަކީލަކު ހަމަޖައްސަން މި އަނިޔާވެރި ސަރުކާރުން އަންގާފައިވޭ
މި ސަރުކާރުގެ އަނިޔާވެރިކަން މިއީ ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ދަންނަން ޖެހޭ ބޮޑު ހަޤީޤަތެއް

ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރަކީ ވަރަށް އަނިޔާވެރި، ޚުދޖމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ކިތަންމެ ވަރަކަށް ބިރުދެއްކިއަސް އެންމެ ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނޭ ކަމަށް މުޙައްމަދު ޝާމިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް މާލޭގައި މިހާރު ކުރަމުން ގެންދާ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓު އަދި މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންގެ ހައްޤުގައި ވެސް ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވާ މުޙައްމަދު ޝާމިން ވިދާޅުވީ މީގެ ކުރިންވެސް ޓެކްސީ މުޒާހަރާ ކޮށްގެން ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.

ޝާމިން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގެ މައްސަލާގައި ކޯޓަށް ހާޒިރު ކޮށް އަމިއްލަ އަށް ވަކީލަކު ހަމަޖައްސަން މި އަނިޔާވެރި ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބަކީ ކަމާއި ގުޅުން ހުރި ލިޔެކިޔުންތައް ހަވާލުކޮށް ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގެ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ރައީސް މުއިއްޒުގެ މި އަނިޔާވެރި ވެރިކަމުން ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ކުޑަތަންފުކެއް ވެސް ފަހަތައް ޖެހުމެއް ނެތް ކަމަށެވެ. އަދި ޤަބޫލުރާ ގޮތުގައި ޖަލުގެ ތޭރިތަކުގެ ތެރެއިން ވެސް މިނިވަން ކަން ލިބޭ ކަމަށާއި އެ ފަދަ މިނިވަންކަމަކާއި ހަމައަށް ދާނެހާ ހިތްވަރާއި ބުންވަރު އަދިވެސް އެބަހުރި ކަމަށެވެ. އަދި އެއްވެސް މަޑުޖެހުމެއް ނެތި ހައްޤުތައް ލިބެން ދެން ހުއްޓާނުލައި މި އިސްލާހީ މަަސައްކަތުގައި ބާރަށް ކުރިއަށް ދާނޭ ކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރަކީ ވަރަށް އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމެއް ކަމަށާއި މިއީ ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ދަންނަން ޖެހޭ ބޮޑު ހަޤީޤަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޓެކްސީ ޑުރައިވަރުން ނަށް ބުހުތާނު ދޮގުހައްދަވައި އޮޅުވާލާފައި ކަމަށާއި އެހެން ކަމުން މިހާރު މި ކުރާ މަސައްކަތަކީ ޓެކްސީ ޑްރައިވަރުންނާއި އެ މީޙުންގެ އާއިލާތަކަށް ކާންބޯންދޭން ކުރާ މަސައްކަތުގެ ހައްޤުގައި ކުރާ މަސައްކަތެއް ކަމަށެވެ.

މިއީ ވަރަށް ވެސް އަނިވާވެރި ޚުދުމުޚުތާރު ވެރިކަމެއް. ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް ކުޑަތަންފުކެއް ވެސް ފަހަތައް ނުޖެހޭނަން. ޖަލުގެ ތޭރިތަކުގެ ތެރެއިން ވެސް މިނިވަން ކަން ލިބޭނެ. އެ ފަދަ މިނިވަންކަމަކާއި ހަމައަށް ދާނެހާ ހިތްވަރު އެބަހުރި.

ޝާމިން

ޝާމިން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި އެމީޙުންގެ އާއިލާތަކުގެ ހައްޤުގައި މިހާރު މިކުރާ މަސައްކަތައް ހުރަސް އަޅައި، އެ ފަރާތްތަކުގެ އަޑުކަނޑުވާލައި ބިރުދައްކައި ފަހަތައް ޖައްސަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން މި ސަރުކާރަށް ކާމިޔާބުވިޔަ ނުދޭނޭ ކަމަށެވެ.

ޝާމިން ވިދާޅުވީ ހައްޤު ހޯދަން މިހާރު ކުރަމުން މި ގެންދާ މަސައްކަތް ކާމިޔާބު ކުރައްވާނޭ ކަމަށާއި އަދި މި މަސައްކަތުގައި ޓެކްސީ ޑްރައިވަރުންނާއި އެ މީޙުންގެ އާއިލާތަކުގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުން ވެސް މި އިހުތިޖާޖުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ޝާމިން ވިދާޅުވީ މިއަދު ރައްޔިތުން މަގުތަކަށް ނުކުމެ މި އަޑުއުފުލަނީ މި ސަރުކާރުން ބައެއްގެ ހައްޤުތަކެއް ނިގުޅައިގަނެ، އަނިޔާވެރިކަން އިސްކުރުމުން ކަމަށާއި ދެން ގެއަށް ވަންނާނީ މި ސަރުކާރުން ނިގުޅައިގަނެފައިވާ ރައްޔިތުންގެ ހައްޤުތައް ހޯދާދީފައި ކަމަށެވެ.

ޝާމިން ވިދާޅުވީ މިއީ ހީވެސް ނުކުރާފަދަ އަނިޔާވެރި ވެރިކަމެއް ކުރަމުން ގެންދާ ސަރުކާރެއް ކަމަށާއި މި ސަރުކާރާއި ދެކޮޅަށް މިއަދު އަޑު ނުއުފުލައިފި ނަމަ މުސްތަޤުބަލުގައި ރައްޔިތުން ތިބޭނީ މިހާރަށް ވުރެވެސް ގޯސް ހާލަތެއްގައި ކަމަށެވެ.

ޝާމިން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ ހައްޤުތައް ހޯދަން އަޑުއުފުލާ ފަރާތްތަށް ހައްޔަރުކޮށް ޖަލައްލައި އަނިޔާވެރިކަން އިސްކުރަން ކަމަށާއި ނަމަވެސް ޖަލަހައްލައި އަނިޔާ ކުރިއަށް މިކުރާ އިސްލާހީ މަސައްކަތް ހުއްޓާ ނުލާނޭ ކަމަށެވެ.

ޝާމިން ވިދާޅުވީ މި ސަރުކާރުގެ ވެރިންނަށް ހީވެފައި އޮންނަނީ ހައްޤުތައް ހޯދުމަށް މަސައްކަތް ކުރާ ހަމަ ކޮންމެ މީހަކުވެސް ހިފާ ހައްޔަރުކޮށް ޖަލައްލައި އަޑު ކަނޑުވާލެވިދާނޭ މީހެއް ކަމަށް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރިނަމަވެސް ފަހަތައް ޖެހުމެއް ނެތް ކަމަށެވެ.

- ކޮމެންޓް