ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 19:14
9 މާޗް 2025 ގައި ބޭއްވި ކެބިނެޓް ބައްދަލުވުން -  މި ބައްދަލުވުމުގައި އެގްރޯނެޓް ކުންފުނި އަލުން އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި
9 މާޗް 2025 ގައި ބޭއްވި ކެބިނެޓް ބައްދަލުވުން - މި ބައްދަލުވުމުގައި އެގްރޯނެޓް ކުންފުނި އަލުން އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައި
ރައީސް އޮފީސް
އެގްރޯނެޓް އަލުން އުފެއްދުން
ހަރަދު ކުޑަކުރަން އުވާލި އެގްރޯނެޓް އަލުން ފަށައިފި
އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރީ 2 ސެޕްޓެމްބަރު 2024 ގައި
އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފައި

އިޤްތިޞާދީ ރިފޯމް އެޖެންޑާ ގައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އެގްރޯނެޓް އުވާލަން ނިންމުމަށްފަހު އަލުން އެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާއިން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް ގެ މަސައްކަތްތައް އަލުންފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވައިވަނީ 9 މާޗް 2025 ގައެވެ.

ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، އެގްރިކަލްޗަރ އިކޮނޮމިކް ޒޯނާ ގުޅޭ މަސައްކަތްކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2 ސެޕްޓެމްބަރު 2024 ގައެވެ.

ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާ ފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް(އެގްރޯނެޓް) އުވާލެއްވުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމަށް ނިންމުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓް އުފައްދަވާފައިވަނީ ޤައުމުގެ އުފެއްދުނަތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމަށް 2 ޖެނުއަރީ 2024 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

މި ބަދަލުގެ މައިގަނޑު މަޤްސަދަކީ މި ވުޒާރާގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމެވެ.

- ކޮމެންޓް