ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 13:08
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މަސްކް ޓްރަމްޕަށް ތާއިދު ކުރައްވާ ވާހަކަ ދެއްކެވިއިރު، ޓަރަމްޕު ސްޓޭޖުގައި މަޑު ކޮށްލައިގެން
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މަސްކް ޓްރަމްޕަށް ތާއިދު ކުރައްވާ ވާހަކަ ދެއްކެވިއިރު، ޓަރަމްޕު ސްޓޭޖުގައި މަޑު ކޮށްލައިގެން
ރޮއިޓަރސް
އެމެރިކާގެ ރައީސް ޓްރަމްޕް
އީލޮން މަސްކަށް ސަޕޯޓު ކުރުމުގެ ގޮތުން، ޓްރަމްޕް ޓެސްލާ ކާރެއް ބައްލަވައި ގަންނަވަނީ
އަންގާރަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ޓްރުތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ މަސްކް އަކީ ޤައުމަށް އެހީތެރިވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް. އަދި ކުންފުންޏަށް އަމާޒުކޮށް ހިންގަމުންދާ ބޮއިކޮޓް އަކީ ނުބައި ކަމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

އެމެރިކާގެ ކާރު އުފައްދާ ކުންފުނި ޓެސްލާގެ އައު ކާރެއް ބައްލަވައި ގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ ޓެސްލާގެ ސީއީއޯ އަދި އެމަނިކުފާނުގެ ކެމްޕޭން އެޑްވައިޒަރު އީލޮން މަސްކްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ނުވަތަ އޭނާ އަށް އޮތް ސަޕޯޓު ދެއްކެވުމުގެ ގޮތުން ބައްލަވައި ގަންނަ ކާރެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ޓްރުތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ މަސްކް އަކީ ޤައުމަށް އެހީތެރިވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ކުންފުންޏަށް އަމާޒުކޮށް ހިންގަމުންދާ ބޮއިކޮޓް އަކީ ނުބައި ކަމެއް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

ޖެނުއަރީ މަހު ރިޔާސީ ދެ ވަނަ ދައުރެއްގެ ހުވާ ކުރެއްވުމަށް ފަހު، ޓްރަމްޕް ވަނީ މަސްކްއަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައި އެވެ.

އެހެން ނަމަވެސް މި މަސައްކަަތަށް ދަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ޓެސްލާގެ ހިއްސާގެ އަގު ހޯމަ ދުވަހު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއީ ޓްރަމްޕްގެ އިމްޕޯޓް ޓެރިފްތަކާ ގުޅިގެން މާކެޓަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ިލިބުނު ވެއްޓުމެއް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ހަމައެއާއެކު، މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަށް ވަނީ ސައިބަރ ހަމަލާއެއް އަމާޒުވެފަ އެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް، ރައީސް ޓްރަމްޕް ޓެސްލާ ކާރެއް ގަތުމުގެ ނިންމެވުމަކީ މަސްކް އަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

- ކޮމެންޓް