ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 11:36
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، އިންޓަވިއުއެއްގައި އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް ބައިވެރިވެ ވަޑައިގަންނަވަނީ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، އިންޓަވިއުއެއްގައި އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް ބައިވެރިވެ ވަޑައިގަންނަވަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޓްރަމްޕުގެ ޚާއްސަ މަންދޫބު ވިކްޓޮފް، ޕުޓިންއާ ބައްދަލު ކުރެއްވުމަށް އަނެއްކާ ވެސް ރަޝިޔާ އަށް ވަޑައިގަންނަވަނީ
މި ދަތުރާ ބެހޭ ގޮތުން ބްލޫމްބާގް ނިއުސް އިން ކުރި ރިޕޯޓެއް ދެ މަސްދަރަކުން ވަނީ ކަށަވަރު ކޮށްދީފައި. ވިޓްކޮފް މި ހަފްތާގައި މޮސްކޯ އަށް ދަތުރު ކުރައްވާނެ ކަމަށް އެއް މަސްދަރުން މަޢުލޫމާތު ދީފައި.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލު ކުރެއްވުމަށް މޮސްކޯ އަށް ދަތުރު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މެދު އިރުމަތީގެ ޚާއްޞަ މަންދޫބުގެ މަޤާމުގައި ހުންނެވި ވިޓްކޮފް އަންނަނީ، ޔުކްރެއިންގެ ތިން އަހަރުގެ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.

މި ދަތުރާ ބެހޭ ގޮތުން ބްލޫމްބާގް ނިއުސް އިން ކުރި ރިޕޯޓެއް ދެ މަސްދަރަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ވިޓްކޮފް މި ހަފްތާގައި މޮސްކޯ އަށް ދަތުރު ކުރައްވާނެ ކަމަށް އެއް މަސްދަރުން މަޢުލޫމާތު ދީފައިވެ އެވެ.

ރިޔާސީ ދެ ވަނަ ދައުރެއް ފައްޓަވާފައިވާ އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، ޕުޓިންއާ ބައްދަލު ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވާފައި އެވެ. އަދި ޖެނުއަރީ މަހު ވެރިކަމާ ޙަވާލުވެ ވަޑައިގަތް ފަހުން، ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގެ ދުވަސްވަރު ރަޝިޔާއާއެކު ގޯސްވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށް  ޓްރަމްޕު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ވިޓްކޮފް ވަނީ މިދިޔަ ފެބްރުވަރީ މަހު މޮސްކޯ ގައި ޕުޓިންއާ ބައްދަލު ކުރައްވާފައި އެވެ. އަދި މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، މެޑިކަލް މެރުއާނާ ގެންގުޅުމުގެ ތުހުމަތުގައި 14 އަހަރަށް ޖަލަށް ލެވިފައިވާ އެމެރިކާގެ ސްކޫލް ޓީޗަރު މާރކް ފޮގެލް މިނިވަން ކުރެވުނެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް ޔުކްރެއިންގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފަ އެވެ.

އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ މި މަޝްވަރާ ބައްދަލުވުމުގައި ހިމެނޭ ވަފުދުގެ އިސް ފަރާތަކީ ވެސް ރޫބިއޯ އެވެ.

- ކޮމެންޓް