ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނުގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނުގައި 3 މީހަކު ހައްޔަރުކޮށް އެމީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.
އަދި އޮޕަރޭޝަނާއި ގުޅުންހުރި މައުލޫމާތު ދެވެންހުރި މިންވަރަކުން ދެމުންދާނެ ކަމަށެވެ.
ހައްޔަރުކުރި ނީހުބްގެ ތަފްސީލެއް ނުދިން ނަމަވެސް އެކަކު ހައްޔަރުކުރީ ޖުމްހޫރީ މައިދާން ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރެއިންނެވެ.
އަނެއް 2 މީހުން ހައްޔަރުކުރިތަނެއް ސާފެއް ނުވެއެވެ.