ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 01:10
ޖުމްހޫރީ މައިދާނު ކައިރިން ހުއްޓުވި ޕިކަޕް ބަލާ ފާސްކުރަނީ
ޖުމްހޫރީ މައިދާނު ކައިރިން ހުއްޓުވި ޕިކަޕް ބަލާ ފާސްކުރަނީ
އެމްވީކްރައިސިސް
ފުލުހުންގެ އޮޕަރޭޝަން
ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ އޮަޕަރޭޝަން - ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި އިން މީހަކު ހައްޔަރުކޮށްފި
އެމްއެންޑީއެފް މީހުންވެސް ފުލުހުންނާއެކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ
މާލޭގެ ދެގެއެއް ވެސް ފުލުހުން ބަލާ ފާސްކުރި ނަމަވެސް ފުލުހުން އެކަމުގެ ތަފްސީލެއް ހާމަނުކުރި

ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ އޮަޕަރޭޝަނުގައި ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި އިން މީހަކު ހައްޔަރުކޮށްފިއެވެ.

ނަމަވެސް އެމީހާ ހައްޔަރު ކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މޫނު އަޅައިގެން ތިބި ފުލުހުންތަކެއް ޖުމްހޫރީ މައިދާނާ ދިމާލުން ބޭރުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައިގެން އުޅޭ މަންޒަރެވެ.

އެމްއެންޑީއެފް މީހުންވެސް ފުލުހުންނާއެކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި ޕިކަޕް ދުއްވަން އިން ދިވެހި ފިރިހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މާލޭގެ ދެގެއެއް ވެސް ބަލާ ފާސްކޮށްފައެވެ. ނަމަވެސް ފުލުހުން މީގެ ތަފްސީލެއް ހާމަނުކުރެއެވެ.

- ކޮމެންޓް