ކ. މާލެ
|
8 މާރޗް 2025 | ހޮނިހިރު 09:53
ަޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑިއޭގޯ ސިމިއޯނޭ
ަޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑިއޭގޯ ސިމިއޯނޭ
ރޮއިޓަރސް
އެތުލެޓިކޯ މެޑްރިޑް
ނަތީޖާ ރަނގަޅެއް ނޫން، ކުރިއަށް އޮތީ ވާދަވެރިކަން: ސިމިއޯނޭ
ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބޭނުންވި ނަތީޖާ އަކީ މޮޅުވުން ނުވަތަ މެޗު އެއްވަރުވުން ކަމަށް ވެސް ސިމިއޯނޭ ވަނީ ބުނެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް، އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަަމަވެސް ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން ރެއާލް ވަނީ މެޗުން ކުރި ހޯދައިފަ އެވެ.

ފުރަތަމަ ލެގަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސިމިއޯނޭ ބުނީ، އެ މެޗުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، އެއީ ބޭނުންވި ނަތީޖާ ނޫން ކަމަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބޭނުންވި ނަތީޖާ އަކީ މޮޅުވުން ނުވަތަ މެޗު އެއްވަރުވުން ކަމަށް ވެސް ސިމިއޯނޭ ވަނީ ބުނެފަ އެވެ.

މެޗު ނިންމުމަށްފަހު ދަނޑުން ފައިބައިގެން އައިއިރު، ރެއާލާ ދެކޮޅަށް އެތުލެޓިކޯގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމުގެ އިޙުސާސް ކުރެވުނު ކަމަށް ސިމިއޯނޭ ފާހަގަ ކުރި އެވެ. އަދި އޭނާ ބުނީ، ރެއާލާ ދެކޮޅަށް ކުޅުނު އެ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، އިތުރު ލަނޑުތަކެއް އެތުލެޓިކޯ އަށް ޖެހުނީސް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ދެން ފޯކަސް ކުރަން ޖެހޭނީ ސްޕެނިޝް ލީގުގައި ކުރިއަށް އޮތް މެޗަށް ކަމަށެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް ދެ ވަނަ ލެގާ މެދު ވިސްނަން ޖެހޭނެ ކަމަށް ސިމިއޯނޭ ވަނީ ބުނެފަ އެވެ. ދެ ވަނަ ލެގު ވެސް ވާނީ ވަރަށް އުނދަގޫ މެޗަކަށްކަން ފާހަގަކޮށް ސިމިއޯނޭ ބުނީ، އަމިއްލަ ދަނޑުގައި އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

- ކޮމެންޓް