ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 13:10
ޣައްޒާގެ އުތުރުގައި އޮންނަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި، އަސާސީ ބޭނުންތަކަށް ހުޅުވާފައިވާ ކުޑަ ބާޒާރަކަށް ރަމަޟާން މަހުގެ ތިންވަނަ ދުވަހު މީހުން ޒިޔާރަތް ކުރަނީ - މާޗް 3، 2025
ޣައްޒާގެ އުތުރުގައި އޮންނަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި، އަސާސީ ބޭނުންތަކަށް ހުޅުވާފައިވާ ކުޑަ ބާޒާރަކަށް ރަމަޟާން މަހުގެ ތިންވަނަ ދުވަހު މީހުން ޒިޔާރަތް ކުރަނީ - މާޗް 3، 2025
ގެޓީއިމޭޖަސް
އެމެރިކާ-އިސްރާއީލު ގުޅުން
ޓްރަމްޕް ޣައްޒާގެ ރައްޔިތުންނަށް މަރުގެ އިންޒާރު ދެއްވައިފި
ޓްރަމްޕް ވިދާޅުވީ، މިއީ އެންމެ ފަހުގެ އިންޒާރު ކަމަށް، ރަހީނުން ވަގުތުން ދޫކޮށް ނުލައިފިނަމަ އެ އިންޒާރުގައި ވަނީ ޣައްޒާގެ ވެރިންނާއި އާންމު ރައްޔިތުން މަރާ ކުރިމަތިލާން ޖެހޭނެ ކަމަށް.

ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ރަހީނުން ވަގުތުން ދޫކޮށްނުލައިފިނަމަ، ޣައްޒާގެ ފަލަސްތީނު މީހުންނާއި ހަމާސްގެ މެންބަރުން މަރާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިިއެވެ.

ވައިޓް ހައުސްގައި ހަމާސް އިން މިނިވަން ކުރި ރަހީނުންގެ ތެރެއިން 8 މީހުންނާ ބައްދަލުކުރެއްވުމަށްފަހު ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ "ހުރިހާ ރަހީނުން މިހާރުން މިހާރަށް ދޫކޮށްލާ، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނބުރާ ރައްދުކުރޭ. އެހެން ނޫނީ ކަލޭމެންގެ ނިމުން އަންނާނެ." ކަމަށެވެ.

އެމެރިކާގެ ރައީސް އިތުރަށް ވިދާޅުވީ އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެމެރިކާ އިން ފޯރުކޮށްދޭނެ ކަމަށާއި، އަދި ރަހީނުން ދޫކޮށްނުލައިފިނަމަ ހަމާސްގެ އެއްވެސް މެންބަރަކަށް ސަލާމަތުން ނުތިބޭނެ ކަމަށެވެ.

"މިއީ އެންމެ ފަހުގެ އިންޒާރު! ޣައްޒާގެ ވެރިންނަށް މި އަންގަނީ. މިހާރު ވެސް ފުރުސަތު އޮއްވާ ޣައްޒާ ދޫކޮށް ދާންވީ،" ޓްރަމްޕް ވިދާޅުވިއެވެ. "ޣައްޒާގެ ރައްޔިތުން ގާތު މި ބުނަނީ: ރީތި މުސްތަގުބަލެއް އިންތިޒާރުގައި އެބައޮތް. އެކަމަކު ރަހީނުން ހިފަހައްޓައިގެން ނޫން. އެހެން ހަދައިފިނަމަ، ކަލޭމެން ޖެހޭނީ މަރުވާން!"

ޓްރަމްޕްގެ މި އިންޒާރު އައިސްފައިވަނީ ރަހީނުން މިނިވަން ކުރުމާ ބެހޭ ގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް އެމެރިކާއިން ހަމާސްއާ ސީދާ މަޝްވަރާކުރަމުންދާކަން ކަށަވަރުކުރު ކޮށްދިންތާ ގަޑިއިރުތަކެއް ފަހުންނެވެ.

- ކޮމެންޓް