ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 12:06
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު
ރާއްޖެއެމްވީ
އައްްޑޫ ކަރަންޓްގެ މައްސަލަ
އައްޑޫގެ ކަރަންޓު އަޕްގްރޭޑް ކުރުމަށް އެމްޑީޕީ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންއަށް ރުޖޫއަވާންޖެހޭ: ސައީދު
މި އަހަރު ފެށުނީއްސުރެ އެކިއެކި ދުވަސްވަރު އައްޑޫއަށް ކަރަންޓުގެ މައްސަލަތައް ދަނީ ދިމާވަމުން
އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށް

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާފައިވާނެ ކަމަށާއި އައްޑޫގެ ކަރަންޓު އަޕްގްރޭޑް ކުރުމަށް އެމްޑީޕީ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންއަށް ރުޖޫއަވާންޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާފައިވާނެ ކަމަށާއި، އެކަމުގެ ޑޮކިއުމަންޓްތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވެފައިވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ މަސައްކަތުގެ ލިޔެކިއުންތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށާއި، ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލެވި ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމަގުން މަސައްކަތްކުރި ނަމަ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ. އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އިންޖީނު އިންސްޓޯލް ކުރެވިފައިނުވެއެވެ.

މި އަހަރު ފެށުނީއްސުރެ އެކިއެކި ދުވަސްވަރު އައްޑޫއަށް ކަރަންޓުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އަތޮޅުތެރޭގެ އެކިއެކި ހިސާބުތައް ތަރައްގީ ކުރުމުގެ ސިޔާސަތާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޚާއްސަ އިސްކަމެއް އައްޑޫ ސިޓީއަށް ދީފައިވެފައިވެއެވެ. އެގޮތުން ފެނަކަ އައު އިންޖީނުގޭގެ ބިޔަ މަޝްރޫއުއެއް ފައްޓަވާއި، ސަރުކާރު ބަދަލުވުމާއި އެކު އެމަސައްކަތުގެ ސްޕީޑް ވަނީ ލަސްވެފައެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން ފެއިލްވެފައިވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ވަނީ އިސްތިއުފާއަށް ގޮވައި މުޒާހަރާވެސް ކޮށްފައެވެ.

- ކޮމެންޓް