ކ. މާލެ
|
5 މާރޗް 2025 | ބުދަ 23:58
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
އެޗްޑީސީގެ ބައެއް މުވައްޒަފުން ނަހަމަ ގޮތުގައި އިތުރުގަޑި ބޭނުންކުރާކަން ހާމަވެއްޖެ
އިތުރުގަޑީގެ ފްރޯޑް އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ ކޮންމެ މައްސަލައެއް ބަލައި ފުރިހަމައަށް ތަހްޤީޤްކުރާނެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައެއް މުވައްޒަފުން ނަހަމަ ގޮތުގައި އިތުރުގަޑި ބޭނުން ކުރަމުންދާކަން ހާމަވެއްޖެއެވެ.

މިކަން އެނގިފައިވަނީ އެކުންފުނީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް (އެޗް.އާރް.އެމް) ޑިޕާރޓްމަންޓުން ކުންފުނީގެ އިތުރުގަޑީގެ ބޭނުން ކުރަމުންދާ ގޮތް ބަލިބެލުމުންނެއެވެ. އެގޮތުން އިންޓަރނަލީ ނެރެފައިވާ މެމޯއެއް ރާއްޖެއެމްވީއަށް ލިބިފައިވާއިރު، މީގެ ކުރިން މިކަން ހައްލު ކުރުމަށް ފިޔަވަޅު އެޅިފައިވީ ނަމަވެސް، އެކަމުގެ ނަތީޖާ އެންމެ އެދެވޭ މިންވަރަކަށް ފެނިފައިނުވާތީ، މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވަނީ ބުނެފައެވެ. އަދި އިތުރުގަޑި ބޭނުންކުރުން ހަރުދަނާކޮށް މެނޭޖްކުރުމަށާއި، ވަސީލަތްތައް ހަމަހަމަކަމާއި އެކު ބެހިގެންދިއުން ކަށަވަރުކުރުމުގެ މަޤްސަދުގައި، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވަނީ އަންގާފައެވެ.

އެގޮތުން މެނޭޖަރުން ފެށިގެން މަތީ ފެންވަރުގެ މުވައްޒަފުންނަށް އިތުރުގަޑި ނުލިބޭނެ ކަމަށާއި ސީނިއަރ އޮފިސަރުންނާއި އޮފިސަރ ލެވެލްގެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 3/1 އާއި ހަމައަށް، ސުޕަވައިޒަރީ އަދު ޕެރަ ޕްރޮފެޝަނަލް ފެންވަރުގެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 2/1 އާއި ހަމައަށް އިތުރުގަޑި ލިބޭނެއެވެ. މީގެ އިތުރުން ސެމީ ސްކިލްޑް އަދި ސްކިލްޑް މުވައްޒަފުންނަށް އަސާސީ މުސާރައިގެ 4/3 އާއި ހަމައަށް އިތުރުގަޑި ލިބޭއިރު ސަޕޯޓް ސްޓާފް އަދި ބޭރު މުވައްޒަފުންނަށް ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ކަމަށް ވަނީ ނިންމާފައެވެ.

އަދި ޕްރޮފެޝަނަލް، ސީނިއަރ ޕްރޮފެޝަނަލް ގިންތީގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ، އިތުރަށް އިތުރުގަޑި ދެވޭނީ ހަމައެކަނި މެނޭޖިން ޑިރެކްޓަރުގެ ޙާއްސަ ހުއްދަ ލިބިފައިވާ ޕްރޮޖެކްޓްތަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޕެރަ ޕްރޮފެޝަނަލް ފެންވަރުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ، އިތުރަށް އިތުރުގަޑި ދެވޭނީ ޑިވިޝަންގެ ހެޑްގެ ހުއްދައާއި އެކު އެކަށީގެންވާ ސަބަބު ބަޔާންކޮށް އެންގުމުން ކަމަށްވެސް މެމޯގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ކުރިއަށް އޮތްތަނުގައި އިތުރުގަޑީގެ ބޭނުންކުރެވޭގޮތް ގާތުން ބަލައި، އިތުރުގަޑީގެ އިޖްރާޢަތްތަކާއި ޚިލާފުވާ ނުވަތަ އިތުރުގަޑީގެ ފްރޯޑް އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ ކޮންމެ މައްސަލައެއް ބަލައި ފުރިހަމައަށް ތަހްޤީޤްކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

- ކޮމެންޓް
6 މާރޗް 2025 | ބުރާސްފަތި 00:36
ދޮންބައްޕަ
މަލްސާއަށް މުއީޒާއެކު ދަތުރު ފޮނުވާފަ މުސާރަ ދެވޭ. އިސޫ ކިޔާ މީހަކު މުސާރަ ހަލާލުވާ ވަރަށް އޮފީހަށް ނުނިކުމެ މަސައްކަތްކުރާ މުއައްޒަފުންގެ އޯޓީ މައްސަލަ ހިފައިގެން ޗުކުޗުކު ތެޅުވުން ކަމަކީ. މުއީޒު ވެރިކަމަށް އައިފަހުން ސީނިއަރ އޮފިސަރުންނާއި އެސިސްޓެންޓް މެނޭޖަރ އަދި މެނޭޖަރ ލެވެލްގައި 200 އެއްހާ ޕާޓީކުދިން ވެއްދި. އެކުދިން ހަންމަތަ ނުވެގެން ނެރުނު މެމޯއަކުން މުޅި ހުރިހާ މުއައްޒަފުންނަށް ހަސްކާ