ކ. މާލެ
|
4 މާރޗް 2025 | އަންގާރަ 09:54
ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަންގެ ބޭރު ފެންނަ ފޮޓޯއެއް
ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަންގެ ބޭރު ފެންނަ ފޮޓޯއެއް
ސޯޝަލް މީޑިއާ
ފީފާ
ފީފާ އިން ޕާކިސްތާންގެ ސަސްޕެންޝަން އުވާލައިފި
ފީފާ އިން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕާކިސްތާން ސަސްޕެންޑު ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ސަސްްޕެންޑު ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ސަސްޕެންޑު ކުރިއިރު، ތިން ވަނަ ފަހަރަށް ކުރީ މިއަހަރު އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ސަސްޕެންޑު ކޮށްފައި އޮތް، ޕާކިސްތާންގެ ސަސްޕެންޝަން އުވާލައިފި އެވެ.

ފީފާ އިން، ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ސަސްޕެންޑު ކުރުމަށް ނިންމީ، މިއަހަރުގެ ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. ފީފާ އިން ޕާކިސްތާން ސަސްޕެންޑު ކުރުމަށް ނިންމީ އިންސާފުވެރި، މިނިވަން އަދި ޑިމޮކްރަޓިކް އިންތިޚާބެއް ބާއްވާނެ އަސާސީ ޤަވާއިދެއް ޕީއެފްއެފް އިން ފާސްކޮށްފައި ނުވާތީ އެވެ.

ނަމަވެސް، ޕީއެފްއެފް އިން އަސާސީ ޤަވާއިދަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމާއެކު، މިހާރު ފީފާ އިން ވަނީ އެ ސަސްޕެންޝަން އުވާލައި، ޕީއެފްއެފް އަށް ފީފާގެ ފުރިހަމަ މެމްބަރެއްގެ ހައްގު އަލުން ދީފަ އެވެ.

ފީފާ އިން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕާކިސްތާން ސަސްޕެންޑު ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ސަސްްޕެންޑު ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ސަސްޕެންޑު ކުރިއިރު، ތިން ވަނަ ފަހަރަށް ކުރީ މިއަހަރު އެވެ.

ފީފާ އިން ވަނީ ޕާކިސްތާންގެ ފުޓުބޯޅައިގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް، 2019 ވަނަ އަހަރު ނޯމަލައިިޒިން ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދަށުން ޕީއެފްއެފްގެ އިންތިޚާބު ބޭއްވުމަށް ވެސް ފީފާ އިން މަތި ކުރި އެވެ.

ޕާކިސްތާނަށް ދީފައިވާ ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމުމާއެކު، އެ ޤައުމަށް އަލުން ބައިނަލްއަޤުވާމީ ފުޓުބޯޅަ ކުޅެވޭނެ އެވެ. ނަމަވެސް ސަސްޕެންޝަން އުވާލަން ނިންމުމާއެކު، އޭޝިއަން ކަޕްގެ މެޗުތަކާއި، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި އެ ޤައުމަށް ކުޅެވޭނެ އެވެ.

- ކޮމެންޓް