ކ. މާލެ
|
3 މާރޗް 2025 | ހޯމަ 19:06
ފިތުރު ޒަކާތް ބީއެމްއެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ
ފިތުރު ޒަކާތް ބީއެމްއެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ
ބީއެމްއެލް
ފިޠުރު ޒަކާތް
ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިޠުރު ޒަކާތް ދައްކާލެވޭނެ
ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެ
ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ

ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ “More” ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެއެވެ. އަދި އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތް ޕޯޓަލް ލިންކް: https://zakaaiy.bankofmaldives.com.mv/

މި އަހަރުގެ ފިތުރުޒަކާތް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލައިގަންނަން ފަށާފައެވެ.

ޒަކާތު ހައުސްއިން ބުނީ 1446 ވަނަ އަހަރުގެ ފިތުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 6:00 އާހަމައަށް ކަމަށެވެ.

އެގޮތުން މިފަހަރުވެސް އޮންލައިންކޮށް 5 ޕްލެޓް ފޯމްއަކުން ޒަކާތް ދެއްކޭނެއެވެ. އެގޮތުން ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)، އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)، މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން، ފަހިޕޭ (އެޕްލިކޭޝަން) ގެ އިތުރުން ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ.

ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

- ކޮމެންޓް