ރާއްޖެ ގެންނަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަންގްލަދޭޝް އެއަރޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރާއްޖެއަށް ފުރަން އޮތް ފްލައިޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް މީހެކެވެ.
މަސްތުވާތަކެއްޗާއި އެކު މި ބަންގްލަދޭޝް މީހާ ހައްޔަރު ކުރީ ހުކުރު ދުވަހުގައެވެ.
ބަންްގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ 'ޔާބާ' ގެ 8،400 ގުޅައާ އެކުގަ އެވެ. އެ ތަކެތި ހޯދާފައި ވަނީ ރާއްޖެ ފުރަން އޮތް ޔޫއެސް-ބަންގްލާ ފްލައިޓެއްގެ ފަސެންޖަރެއްގެ ލަގެޖުންކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ 'ޔާބާ' ގެ 8،400 ގުޅަ ހޯދާފައި ވަނީ ބަންގްލަދޭޝްގެ އެއާރޕޯޓް ސެކިއުރިޓީގެ ފަރާތުން ޗެކްކުރި ކުރުމުންނެވެ. އަދި އެމީހާ ހައްޔަރުކޮށް ނާކޮޓިކް ކޮންޓްރޯލް ބްރާންޗާ ހަވާލުކޮށްފައި ވަނީވެސް އެއަރޕޯޓު ސެކިއުރިޓީން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ޔާބާގެ ގުޅަތަަކަކާ އެކު ބަންގްލަދޭޝް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ވައްތަރުގެ ޑްރަގު ބަންގްލަދޭޝް އަށް އެތެރެކުރަނީ އެ ގައުމާ ބޯޑަރު ހިއްސާކުރާ މިޔަންމާއިންކަމަށާއި އެ މީހުން އެ އެތެރެކުރަނީ ކޮކްސް ބާޒާރަށް ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޔާބާގެ މި ބާވަތަކީ ބާރުގަދަ ޑްރަގަކަށް ވާއިރު، ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކިޔަވާކުދިން ޖެހޭ އަދަދު ވަނީ އިތުރުވެފައެވެ.
މިކަމާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ވެސް ހަދާފަ އެވެ.