ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 22:55
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ވެރިފިކޭޝަން ޕްރޮސެސް އާ ބެހޭ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ވެރިފިކޭޝަން ޕްރޮސެސް އާ ބެހޭ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި
ރާއްޖެއެމްވީ ގްރެފިކްސް
ގެދޮރުވެރިޔާ ސްކީމް
ސަރުކާރުން ލިސްޓް ވެރިފިކޭޝަންގެ ނަމުގައި މިކުރީ ކީއް؟ ލިބިފައި އޮތް 75 ޕޮއިންޓް 25 ޕޮއިންޓަށް ވެއްޓުނު ގޮތް ބޮޑު އަޖައިބަކަށް!
ކުރިން 75 ޕޮއިންޓް ލިބިގެން ކުރީ ސަރުކާރުން ގުރުނަގައިގެން ފަހިދިރިއުޅުމުން އަޅަމުންދާ އަމާން ދޯދި ޓަވަރުގެ 4 ވަނަފަންގިފިލާ އިން ފްލެޓް ދިން ކަމުގެ އެއްބަސްވުން ހަދާ އެނާ އަށް ފުލެޓް އެއްބަސްވުން ދީފައިވަނިކޮށް ކުއްލިއަކަށް 25 ޕޮއިންޓަށް ވެއްޓި ފްލެޓު ގެއްލުނު ގޮތެއް އޭނާ އަކަށް ނޭނގުނެވެ. މި ފަހަރުވެސް ބުނީ ޝަރުތު ފުރިހަމަވާ ކަމަށެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ފްލެޓް ލިސްޓް ވެރިފައި ކުރަނީ ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން 4000 ފްލެޓް ލިބުނު ފަރާތްތަކަށް ފުލެޓް ނުދީ ހިފެހެއްޓުމަށްފަހު ނެރުނު ލިސްޓުގައި ބޭއިންސާފާއި އެތައް މައްސަލަ އެއް ވަނީ ފާހަގަ ކުރެވިފައެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާ ގައި އެކި ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ.

ކުރީ ސަރުކާރުން ރަނގަޅަށް އިވެލުއޭޝަން ހެދިކަމަށް ހަމަ އެކަނި ފެންނަނީ ދިގު ޒަމާނެއް ވަންދެން އިނިރޭސިވިލާތުގެ ރައްވެސްގެ ގޮތުގައި ހުންނެވުމަށްފަހު މުއިއްޒު ހަދިޔާ ކުރެއްވި ކެބިނެޓް މަގާމަށް ވަޑައިގަންނަވަން ބޭރު ރައްޔިތުކަން ދޫކޮށްލެއްވި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރުގެ އެޕްލިކޭޝަންއެވެ. ކުރިންވެސް ހައިދަރުގެ ދެމަފިރިކަނބަލުންނަށް 75 ޕޮއިންޓް ލިބިފައިވާއިރު، މިފަހަރުވެސް އެ ޕޮއިންޓަކަށް ބަދަލެއް ނާދެއެވެ. އިވެލުއޭޝަން ވެސް ރީއިވެލުއޭޝަން ވެސް ބަރާބަރެވެ. އޭރުވެސް ފްލެޓް ލިބެއެވެ. މިފަހަރުވެސް ފްލެޓް ހައްގުވެއެވެ.

މުއިއްޒުގެ ސަރުކާރުން މާ މޮޅަށް ހެދި ވެރިފިކޭޝަންގެ ނަތީޖާ އަށް ބަލާލުމުން އެތައް ބަޔަކަށް ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ. މާލޭގައި މުޅި އުމުރު ހޭދަ ކޮށް ދަރިން ލިބި އެ ދަރިން ބޮޑެތި ވެފައި ތިބި އާއިލާ ތައް ވެސް މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ސާބިތު ކޮށް ނުދެވޭ ކަމަށް ބުނެ އެމީހުންނަށް ލިބިފައި އޮތް ފްލެޓް ވަނީ ކަޓުވާލާފައެވެ. ވަޒީފާ ލިޔުންތަކާއި، މުސާރަ ސްލިޕް ތަކާއި ކުއްޔަށް އުޅުނުހާ ތަންތާނގެ އެގްރީމެންޓުތައް ޕޯޓަލުގައި ހުއްޓެވެ. އެ ލިޔުންތައް މި ފަހަރު ފެނުނު ކަމަކަށް ނުވިއެވެ.

ސަރުކާރުން ބުނީ ވެރިފިކޭޝަން ހެދީ ކުރިން ޕޮއިންޓް ދިނުމަށް އިއުލާނު ކޮށްފައިވާ ކްރައިޓީރިއާ ތަކަށާއި އޭރު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ކަމުގައެވެ.

އެ ލިޔުންތަކަށް ބަލައި އަދި އެ ކްރައިޓީރިއާ އިން އިވެލެއޭޓް ކުރި ނަމަވެސް ނުނުކުންނާނެ މުސްތަހީލު ކިތަންމެ ނަތީޖާ އެއް މިފަހަރު ވަނީ ނުކުމެފައެވެ. އެއާއެކު އެތައް ބަޔަކު މިހާރު ކުރާ ސުވާލަކީ ވެރިފިކޭޝަންގެ ނަމުގައި ސަރުކާރުން މި ކުރީ ކީއްހެއްޔެވެ؟

އެ ގޮތުން، މިސާލެއްގެ ގޮތުން، ކުރިން 75 ޕޮއިންޓް ލިބިގެން ފްލެޓް ލިބުނު މާލޭގެ ރައްވެއްސަކަށް ބޮޑު ހައިރާން ކަމެއް ލިބުނީ، މުއިއްޒު ސަރުކާރުން ވެރިފައި ކުރުމަށްފަހު ޝީޓު ނެރުނު އިރު އޭނާ އަށް ލިބުނު ޕޮއިންޓް 25 އަށް ވެއްޓި ލިބިފައި އޮތް ފްލެޓް އޭނާ އަތުން ގެއްލިއްޖެ ކަމަށް ފަހުން މި ނެރުނު ލިސްޓުގައި އޮތުމެވެ.

އޭނާ އަކީ ކުރިން 75 ޕޮއިންޓް ލިބިގެން ގުރުއަތުން ފުލެޓް ލިބުނު މީހެކެވެ. ކުރީ ސަރުކާރުން ގުރުނަގައިގެން ފަހިދިރިއުޅުމުން އަޅަމުންދާ އަމާން ދޯދި ޓަވަރުގެ 4 ވަނަފަންގިފިލާ އިން ފްލެޓް ދިން ކަމުގެ އެއްބަސްވުން ހަދާ އެނާ އަށް ވަނީ ހަވާލު ވެސް ކޮށްފައެވެ.

އޭނާގެ ޝަކުވާ އަކީ އޭނާ އަށް 25 ޕޮއިންޓް އެ ލިބުނީ ކިހިނަކުން ހެއްޔެވެ؟ މާލޭ ރަށްވެއްސެއްކަން ޔަގީންވާ ހިސާބުން އޮޓޮމެޓިކުން 25 ޕޮއިންޓް ލިބިއެވެ. އޭނާ އަށް ލިބުނީ އެ ޕޮއިންޓް ކޮޅު އެކަންޏެވެ. ދެން ހުރި ހުރިހާ ޕޮއިންޓެއް ކެންސަލް ކޮށްލި އިރު އެކަން އެހެންވާނެ ހަމަ އެއްވެސް ހަމައެއް އޭނާ އަކަށް ނުވިސްނުނެވެ.

ދިރިއުޅުމުގެ ބައިން އޭނާ އަށް ސުމެއް ލިބެންވީ ގޮތެއް ނޭނގެއެވެ. ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުން ދިރިއުޅެނީ އެކަނި ނުވަތަ ދެމަފިރިން ވަކިން ނަމަ ވެސް 5 ޕޮއިންޓް ދޭ ގޮތައް އޮތީ ކަނޑައަޅާފައެވެ. އެހެން ކަމުން އެންމެ ކުޑަމިނުން ވަކިން އެކަނި އުޅޭ މީހަކަށް އޭނާ ވީނަމަވެސް އެ ބައިން 5 ޕޮއިންޓް ނުލިބި ނުދާނެ ކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެން ކަމުން 25 ޕޮއިންޓް ލިބޭނެ ހަމަ އެއް ނެތެވެ. ހަގީގަތަކީ 75 ޕޮއިންޓް ދިން މި ފަރާތަކީ ވަރަށް ހާލުގައި ކުޑަކުޑަ ކޮޓަރިއެއްގައި ކައްކާ ކައިބޮއެ ނިދާ ދިރިއުޅެމުން އަންނަ އާއިލާއެއްގެ އިސް ފަރާތެވެ.

ކުރިންވެސް މިފަހަރުވެސް އެ ފަރާތް ވަނީ ޝަރުތު ހަމަވާ މީހެއްގެ ގޮތުގައެވެ. އެކަމަކު ކުރިން 75 ޕޮއިންޓް ލިބި މިފަހަރު އޭނާ އަށް 25 ޕޮއިންޓް ދިން ގޮތް މި ވަނީ ބޮޑު އަޖައިބަކަށް ވެފައެވެ.

މިސަރުކާރުން ނެރުނު ލިސްޓުގެ ކުރިން އެންމެ ފަހުން ގެޒެޓް ކުރި ލިސްޓުގައި 25 ޕޮއިންޓް އެކަނި ލިބުނު ފަރާތެއް ނެތެވެ. އެންމެ ދަށްކޮށްވެސް ލިބިފައިވަނީ 30 ޕޮއިންޓް ކަން ފާހަގަ ކުރެވެއެވެ.

މިފަދަ އެތައް މައްސަލައެކެވެ.

ދެން އޮތީ އަނެއްކާވެސް ޝަކުވާ ހުށަހެޅުމެވެ. 25 ޕޮއިންޓަށް ވައްޓާލައި ލިބިފައި އޮތް ފްލެޓް އަތުލި މީހާގެ އާދޭހަކީ "އަޅުގަނޑުމެންނަށް ހައްގުވާ ޕޮއިންޓް ދެއްވާށެވެ."

- ކޮމެންޓް