ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 17:04
އެމެރިކާއާއި އިސްރާއީލުގެ ދިދަ އެއް ދިދަ ދަނޑިއެއްގައި
އެމެރިކާއާއި އިސްރާއީލުގެ ދިދަ އެއް ދިދަ ދަނޑިއެއްގައި
ގެޓީއިމޭޖަސް
އިސްރާއީލް-އެމެރިކާ ގުޅުން
އިސްރާއީލަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި
އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި މި ހަތިޔާރުތައް އިސްރާއީލަށް ވިއްކަން ޖެހޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފިއެވެ.ހުކުރު ދުވަހު އެމެރިކާ އިން އިއުލާނު ކުރި ގޮތުގައި އެމެރިކާ ސަރުކާރުން ވަނީ އިސްރާއީލަށް 3 ބިލިއަން ޑޮލަރަށްވުރެ ގިނަ އަގުހުރި ހަތިޔާރާއި، ބުލްޑޯޒަރު އަދި އެހެނިހެން އާލާތްތައް ވިއްކުމަށް ހުއްދަ ދީފައެވެ.

އެމެރިކާއިން އިން އިތުރު ހަތިޔާރު ވިއްކުަމަށް ހުއްދަ ދިން އިރު، ޣައްޒަ ސުންނާފަތި ކޮށްލުމަށް އިސްރާއީލުން ހިންގި 15 މަސްދުވަހަށް ދެމިގެން ދިޔަ ހަނގުރަމައިގައި އިސްރާއީލުން ބޭނުން ކޮށްފައިވަނީ އެމެރިކާގެ ހަތިޔާރެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރުބިއޯ ހުއްދަ ދެވި ހަތިޔާރުގެ ތެރޭގައި 2.04 ބިލިއަން ޑޮލަރުގެ ބޮން ބޮޑީސް އަދި ވޯހެޑްތަކާއި، 675.7 މިލިއަން ޑޮލަރުގެ އެހެނިހެން ބޮން ބޮޑީސް އާއި ގައިޑަންސް ކިޓްތަކާއި، އަދި 295 މިލިއަން ޑޮލަރުގެ ބުލްޑޯޒަރުތަކާއި އެހެނިހެން އާލާތްތައް ހިމެނެއެވެ.ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީ (ޑީއެސްސީއޭ) އިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ޤައުމީ ސަލާމަތަށްޓަކައި މި ހަތިޔާރުތައް އިސްރާއީލަށް ވިއްކަން ޖެހޭކަމަށް ރުބިއޯ ވަނީ ކަނޑައަޅުއްވާފައެވެ. އިސްރާއީލްގެ ސަލާމަތަށް އެމެރިކާއިން އެހީތެރިވުމަކީ މުހިންމު ކަމެއްކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.މީގެ ކުރިން މި މަހު އެމެރިކާއިން ވަނީ 7.4 ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ވިއްކުމަށް ހުއްދަ ދީފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގި ގެއްލުން ބޮޑު ހަނގުރާމައިގައި އާންމުން މަރުވަމުން ދިޔަ މިންވަރު އިތުރުވުމުގެ ސަބަބުން އެމެރިކާ އަށް ކުރިމަތިވި ފިއްތުންތަކުގެ ނަތީޖާ އެއްގެ ގޮތުން 2000 ޕައުންޑުގެ ބޮން އިސްރާއީލަށް ވިއްކުން އޭރުގެ ރައީސް ޖޯ ބައިޑްން ވަނީ ހުއްޓުވާފައެވެ.އެހެން ނަމަވެސް ޓްރަމްޕް ވެރިކަަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ ބާރުގަދަ ހަތިޔާރު ވިއްކުމަށް އަޅާފައި އޮތް ހުރަސް އުވާލެއްވުން ހިމެނެއެވެ. ހުކުރު ދުވަހު އިސްރާއީލަށް ވިއްކުމަށް ހުއްދަ ދިން ހަތިޔާރުގެ ތެރޭގައި އެ ވަރުގެ ބާރުގަދަ ބޮން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް