ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 00:44
ފްލެޓުތައް ދޫނުކޮށް ހިފަހައްޓަމުންދާތީ އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ
ފްލެޓުތައް ދޫނުކޮށް ހިފަހައްޓަމުންދާތީ އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
4000 ފުލެޓްގެ މައްސަލަ: ޝަކުވާ ހުށަހެޅިދާނެ އެކަމަކު އިތުރު ޑޮކިއުމެންޓެއް ހުށައެއް ނޭޅޭނެ - މިނިސްޓްރީ
ޝަކުވާ ހުށަހެޅިދާނެ
އިތުރު އެއްވެސް ލިޔުމެއް ހުށައެއްނޭޅޭނެ
ޝަކުވާ ހުށަހެޅުމުން އަނެއްކާވެސް ވެރިފިކޭޝަން ކުރިއަށް ގެންދާނީ ހުރި ލިޔުންތަކުގެ މައްޗަށް

މުއިއްޒުގެ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅިދާނެ ކަމަށާއި އެހެން ނަމަވެސް އިތުރު ޑޮކިއުމެޓެއް ހުށަނޭޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެންވެސް މިނިސްޓްރީން ބަލާނީ ކުރިންވެސް ބެލި 'އަސާސް' ގެ މަތިން ކުރިން ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ މައްޗަށް ކަމަށެވެ.

"ދެން ކޮންމެ ގޮތެއް ވިޔަސް މިއޮތީ ޕޯޓަލް އަށް އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު ބަންދު ވެފައި،"

އޭނާ އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ޑޮކިއުމެންޓް ހުށަހަޅާ ނިމި، ލިސްޓްވެސް އޮތީ އިއުލާނު ކުރެވިފައި ކަމުގައެވެ. އެހެން ކަމުން ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިޔައީ ކުރެވިފައިވާ އިއުލާނާ މިހާރުވެސް ލާފައި ހުރި ޑޮކިއުމެންޓްތަކުގެ މައްޗަށް ކަމުގައެވެ.

"އިތުރު ޑޮކިއުމެންޓެއް ލާކަށް ޕޯޓަލް ތުރޫ ކޮށްވެސް އެބޭފުޅުންނަށް ފުރުސަތު ލިބިގެންނެއް ނުދާނެ، އިތުރު އެއްވެސް ސަޕޯޓިންގ ޑޮކިއުމެންޓެއް ލާކަށެއް" ނަޒީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީން ބަލާނީ އެ ހުށަހަޅާ ޝަކުވާ އަކީ ސައްހަ ޝަކުވާ އެއްތޯއެވެ. ސައްހަ ޝަކުވާ އެއްތޯ ބަލަން އަނެއްކާވެސް ހިންގާނީ ވެރިފިކޭޝަން ޕްރޮސެސް އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝަކުވާ ހުށަހެޅުމުން އަނެއްކާވެސް ހެދެން ހުރި ވެރިފިކޭޝަން ހަދާނީ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އައިސްފައި ހުރި ހުރިހާ ޝަކުވާ އަކަށް ޖަވާބު ދިނުމަށްފަހު ލިސްޓަށް ބަދަލެއް އަންނަންޏާ އެކަން އިއުލާނު ކުރާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 މާރިޗް އިން ފެށިގެން 31 މާރިޗް ގެ ނިޔަލަށެވެ.

- ކޮމެންޓް