ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 20:55
 ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަލީ ހައިދަރު
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަލީ ހައިދަރު
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ހައިދަރުގެ ދެމަފިރިކަނބަލުންނަށް ފްލެޓް ލިބުނު އިރު އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ހައިދަރު ވިދާޅުވެއްޖެ
"އަޅުގަނޑު ދެކޭ ގޮތުަގައި އަޅުގަނޑުމެން ދެމަފިރިންނަށް ވުރެ މި ސްކީމުން ފްލެޓް ހައްގުވާ އެތައް އާއިލާ އެއް ތިބޭނެއެވެ." - ހައިދަރު

ހައިދަރުގެ ދެމަފިރިކަނބަލުންނަށް ފްލެޓް ލިބުނު އިރު އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ރައީސް މުުއިއްޒުގެ ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިއަދު (ބުރާސްފަތި ދުވަހު) އިއުލާނު ކުރި ފްލެޓް ލިސްޓުގައި އޭނާ ކޯ އެޕްލިކަންޓަކަށް ހުރެ އޭނާގެ އަނބިކަނބަލުން މަރްޔަމް ތައުފީގާ އަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިހާރު އޭނާ ހުންނެވި ހައިސިއްޔަތުގެ ގޮތުން އޭނާ އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުަގައި އަޅުގަނޑުމެން ދެމަފިރިންނަށް ވުރެ މި ސްކީމުން ފްލެޓް ހައްގުވާ އެތައް އާއިލާ އެއް ތިބޭނެއެވެ." ހައިދަރު އާންމު ކުރެއްވި ނޯޓުގައި ވެއެވެ.

"ވީމާ، މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދު ކުރާ ވާހަކަ ނުހަނު ތާއަތާއި އިހްތިރާމް އާއެކު ދެންނެވީމެވެ." ހައިދަރު ވިދާޅުވިއެވެ.

- ކޮމެންޓް