ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 10:06
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އެމްޑީޕީ
މާލީ ސިޔާސަތު
ޤަވައިދަށް ގެނައި ހީލަތްތެރި ބަދަލުން ޕްރައިވެޓްސެކްޓަރަށް ފުރުޞަތު ގެއްލޭނެ: އަމީރު
މިސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބެލޭތަނެއް ނުފެނޭ

ބިޑުކުރުމެއްނެތި ބޭނުން ބަޔަކަށް މަޝްރޫއުތައް ދިނުމަށް ވަޒީރުންގެ މަޖިލީހަށް ބާރުލިބޭ ގޮތަށް މާލިއްޔަތު ޤަވައިދަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ހުރި ގިނަ ފުރުޞަތުތައް ބަންދުވާނެ ކަމަށް ކުރީގެ މާލީ ވަޒީރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ޤަވައިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ސިންގަލް ސޯސް ޕޮރޮކިޔުމަންޓްގެ އުސޫލުގެ ދަށުން ރައްޔިތުންގެ އަސާސީ ބޭނުންތަކާ ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫޢުތައް އެކިފަރާތްތަކާ ހަވާލުކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައިވެއެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ މާލިއްޔަތު ޤަވައިދަށް އެގެނެވުނު ބަދަލަކީ މަކަރުވެރި ހީލަތްތެރި ބަދަލެއް ކަމަށެވެ. އަދި އެއީ ވާދަވެރި ޕްރޮކިއުމަންޓް މަފްހޫމާ ހިލާފު ބަދަލަކަށް ވުމުގެ އިތުރުން މި ސަރުކާރުގެ ކޮރަޕްޝަނާ ވައްކަން އިތުރު ގިޔަރެއް މައްޗަށް ޖެހިލާނެ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނުގެ މައްސަލަތައް އެކަމަށް ކަނޑައެޅިފައިވާ މުޢައްސަސާތަކުން ބަލަމުންނުދާކަން އެމްޑީޕީއިން ދަނީ ފާހަގަކުރަމުންނެވެ.

- ކޮމެންޓް