ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 19:51
ޤާނޫނީ ވަކީލް އަލީ ހުސައިން އާއި ޤާނޫނީ ވަކީލް މަހްފޫޒް ސައީދު އަދި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) ރާއްޖެޓީވީގެ " ފަނޑިޔާރުގެ އަށް އަތް ބޭނުން ނިމުނީ" ކަވަރޭޖްގައި ބައިވެރިވެވަޑައިގަންނަވަނީ - 26 ފެބްރުއަރީ 2025
ޤާނޫނީ ވަކީލް އަލީ ހުސައިން އާއި ޤާނޫނީ ވަކީލް މަހްފޫޒް ސައީދު އަދި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) ރާއްޖެޓީވީގެ " ފަނޑިޔާރުގެ އަށް އަތް ބޭނުން ނިމުނީ" ކަވަރޭޖްގައި ބައިވެރިވެވަޑައިގަންނަވަނީ - 26 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ސުޕްރީމް ކޯޓުގެ މެމްބަރުން ސަސްޕެންޑްކުރުން
"ފަނޑިޔާރުން ސަސްޕެންޑްކޮށް ޝަރުއީ ނިޒާމަށް އަތް ބޭނުމުގެ ފަހަތުގައި ހުރީ ސީދާ ރައީސް މުއިއްޒު"
އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށް އަލީ ހުސައިން ވިދާޅުވި
ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވަނީ މިއަދަކީ މިއީ ޝަރުއީ ދާއިރާގައި ފަހަތަށް ފިޔަވަޅު އެޅި ދުވަހެއް ކަމަށް ސިފަކުރައްވާފަ

ސުޕްރީމްކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް، ޝަރުއީ ނިޒާމަށް އަތް ބޭނުމުގެ ފަހަތުގައި ހުރީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަނޑިޔާރުގެ އަށް އަތް ބޭނުން ނިމުނީ" ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކުރީ ފަނޑިޔާރުންނާއި މެދު ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް ބުނެ ޖޭއެސްސީން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑްކޮށްފައެވެ. އަލީ ހުސެއިން ވިދާޅުވީ އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށެވެ.

އެހެންކަމަށް ވާއިރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށް ތަރުތީބުވެގެން ކުރާ ކަންކަން ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. މި ދައުލަތަކީ ރައީސް މުއިއްޒުގެ ޢަނީމާ މުދަލެއް ކަމަށް ރައީސް މުއިއްޒު އަށް ބެލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރިޔާސީ ނިޒާމެއްގައި ކަން ހިނގާ އުސޫލަކީ އެއީ ނޫން ކަަަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ މުށުތެރޭ އޮތީމަ އެއްވެސް މުއައްސަސަސާއެއް މިނިވަންކަމާއި އެކު ނުހިނގާނެ. އޭސީސީވެސް އިލެކްޝަން ވެސް މިނިވަނެއް ނުވާނެ. މެމްބަރުން ތާށިވެފައި ތިބޭކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތް މިއީ. ހިތުން ތިބީ މެމްބަރުން ބަނދެ އަންބޮނޑިއަށް ލައިގެން.

މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން

އެ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވަނީ މިއަދަކީ މިއީ ޝަރުއީ ދާއިރާގައި ފަހަތަށް ފިޔަވަޅު އެޅި ދުވަހެއް ކަމަށް ސިފަކުރައްވާފައެވެ. ސުޕްރީމް ކޯޓުން ކުރާ ހުކުމަކުން ސަރުކާރަށް އަސަރު ނުކުރާ ނަމަ ސަރުކާރުން އެ ކޯޓަށް އަތް ބާނާ ނުފޫޒު ނުފޯރުވީސް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ހިމެނޭކަމެއް ކޯޓަށް ހުށަހެޅުމުން އެކަން ބައްލަވަން ނުހުންނާނެކަން ރައީސް މުއިއްޒު ސާބިތުކޮށްދެއްވާފައިވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މިއީ ވެރިކަމުގެ ތަންކޮޅެއް ފަހުކޮޅު ކަންކަން ގޯސްވާ އިރު ވެސް ފެންނަ ކަމެއް. ބާރު ދައްކަން މި ކުރެވުނީކީ ދެެމެހެއްޓޭނެ ކަމެއް ނޫން. މި ގޯސް ހައްދަވާފަ މި ގޯސް ދިފާއު ކުރައްވަން އެތައް ގޯހެއް ހަދަން ޖެހޭނެ. އެކަން ދިފާއެއް ނުކުރެވޭނެ.

ޤާނޫނީ ވަކީލް މަހްފޫޒް ސައީދު

އެ ކަވަރޭޖްގައި ވާހަކަދައްކަވަމުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑްކޮށް، ޝަރުއީ ދާއިރާ އަށް އަތް ބޭނުމުން ހަގީގަތުގައި ގެއްލެނީ ރައްޔިތުންގެ ބާރު ކަމަށެވެ. މެމްބަރުން ލައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުވައިގެން ރައީސް މުއިއްޒު ކުރެއްވި ކަމަކީ މެމްބަރުން އެ މަނިކުފާނުގެ ކޮންޓްރޯލްގެ ދަށުގައި ތިބޭކަން ކަށަވަރުކުރުން ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތުގެ ގާނޫނަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ބުދަ ދުވަހުއެވެ. ޖޭއެސްސީން ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރީ އެ ބިލް ފާސްކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

- ކޮމެންޓް