ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 18:30
ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަހީދު (ވ) އަދި ޝުޖާއު (ކ)
ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަހީދު (ވ) އަދި ޝުޖާއު (ކ)
ރާއްޖެއެމްވީ
ސުޕްރީމު ކޯޓު
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި
ސަރުކާރުން ކަންކުރަމުންދާ ގޮތާ މެދު އިންތިހާ އަށް ކަންބޮޑުވޭ
ފަނޑިޔާރުންތަކެއް ސަސްޕެންޑް ކޮށް ސުޕްރީމް ކޯޓުގެ ހިންގުން ވަނީ ހުއްޓުވާފައި
ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް ގާނޫނެއް ފާސްކުރީ އާދަޔާޚިލާފު އިޖުރާއަތްތަކަކުން

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަޅަމުން އެ ގެންދާ ފިޔަވަޅުތަކާ މެދު ދަ ޑިމޮކްރެޓްސް އިން އިންތިހާ އަށް ކަންބޮޑުވާ ކަމަށާއި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއްފަހަރާ ކުށްލި ގޮތަކަށް ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވައި، އަޅަމުން ގެންދާ ފިޔަވަޅު ތަކަކީ އެ ކޯޓަށް ބިރު ދެއްކުމަށާއި، ޖުޑިޝަރީގެ މިނިވަންކަން ނަގާލަން އަޅަމުން ގެންދާ ފިޔަވަޅު ތަކެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް އާދަޔާޚިލާފު އިޖުރާއަތްތަކަކުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ކުއްލި އަކަށް ފާސް ކޮށް އަދި އެ ގާނޫނު ފާސް ކުރުމަށްފަހު އެ ގާނޫނުން މަދުކުރާ ފަނޑިޔާރުންގެ އަދަދަށް ފެއްތުމަށްޓަކައި ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށިކަން އިއުލާނު ކޮށްފައިވާ ކަމަށާއި، އެއަށް ފަހު އެ ޖޫޑިޝަލް ސާވިސް ކޮމިޝަނުން އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށް ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުމަކަށް ގެނެސްފައިވާ ކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

- ކޮމެންޓް