ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 12:33
މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މަައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދިފައި
މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މަައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދިފައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ގޮނޑި ގެއްލޭ މައްސަލަ
މެންބަރުން ވަކިނުކުރެވޭނެ ގޮތަށް ވަގުތީ އަމުރަކަށް އެދިއްޖެ
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ދަށުން ހިނގަމުންދާ އިޖުރާއަތުތައް ހުއްޓުވައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ މައްޗަށް އެ އިސްލާހު ނުހިންގުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްދިނުން އެދިފައިވޭ
ވަގުތީ އަމުރަކަށް އެދި ހުށަހެޅުއްވީ ގާނޫނޫ އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދިވަޑައިގެން މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނުނީ ވަކީލު އަލީ ހުސައިން
ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވިފައިވާ ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އެބައޮތް ކަމަށް

މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަކަށް އެދިއްޖެއެވެ.

ވަގުތީ އަމުރަކަށާއި، މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މެންބަރުން ވަކިކުރާ މައްސަލައިގައި ގާނޫނޫ އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދިވަޑައިގެން މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނުނީ ވަކީލު އަލީ ހުސައިންއެވެ.

ވަގުތީ އަމުރަކަށް އެދި އަލީ ހުސައިން އެދިފައިވާ މައްސަލައިގައި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮތުމަށް ގާނޫނުއަސާސީގެ 5 ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާއި، ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި، 90 ވަނަ މާއްދާއާ ފުށުއަރާގޮތަށް، އަދި ތިން ބާރު ވަކިވެފައިވާ ދިމިގްރާތީ އަސާސްތަކުގެ މައްޗަށް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް، "Basic Doctrine Structure" ގެ އުސޫލާވެސް ހިލާފަށްކަމަށްވާތީ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމު ކޯޓުގައި އެދިފައިވުމާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައިވެސް އެ އިސްލާހަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީގުކުރެވޭނޭ އިސްލާހެއް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވާ ފަރުވާތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު ބަދަލުގެ އަސަރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންގެ މައްޗަށް ނުހިނގާނޭ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލައިގައި ވަކިގޮތެއް ނިންމުމުގެ ކުރިން، ސިޔާސީ ޕާޓީއަކުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ދަށުން ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެ، އެ ދާއިރާއެއްގެ ބައ-ިއިލެކްޝަން ބާއްވަން ޖެހުމަކީ ދައުލަތަށް ލިބޭނޭ އިއާދާނުކުރެވޭނޭ ގެއްލުމެއް ކަމަށް ވާތީ އާއި، މުޅި މައްސަލައިގައި އެދިފައިވާ ފަރުވާއަށްވެސް އަސަރުކުރާނޭ ކަމަކަށްވާތީ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވިފައިވާ ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް އެބައޮތް ކަމަށެވެ. އަދި އެ މެންބަރުން ވަކިވެއްޖެ ހާލަތެއްގައި އެ ދާއިރާތަކުގައި ބައި-އިލެކްޝަންތައް ބާއްވަންޖެހުމަކީ ދައުލަތުން އުފުލަންޖެހޭނޭ މާލީ ބުރައެއް ކަމަށާއި، އެ ބައ-ިއިލެކްޝަންތައް ނިމި، އެ ދާއިރާތަކަށް އައު މެންބަރުން އިންތިހާބު ކުރެވޭ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ނިންމަވާއިރު، މައްސަލަ ހުށަހެޅިފަރާތުން އެދުނު ގޮތަށް މައްސަލަ ނިމިއްޖެނަމަ، އެކަމުގެ ސަބަބުން އިތުރު ގާނޫނީ މައްސަލަތަކެއް އުފަންވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް