ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 16:11
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ލަންކާގެ ފޮރިން މިނިސްޓަރާއެކު
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ލަންކާގެ ފޮރިން މިނިސްޓަރާއެކު
އެކްސް
ލޯކަލް ކަރަންސީ ބޭނުންކުރުން
ސްރީލަންކާއިން ދިވެހިރާއްޖެއަށް ބޯޑަރު ހުރަސްކޮށް ކުރެވޭ މުޢާމަލާތްތަކުގައި ދެ ގައުމުގެ ރަސްމީ ފައިސާ ބޭނުންކުރުމަށް އެދިއްޖެ
މިނިސްޓަރު ހެރަތު މި އެދިވަޑައިގަތުމަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ މަސައްކަތްތެރިންނަށް ފަސޭހަވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަތުމެކެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ އާމްދަނީ ފޮނުވުމުގައި ދިމާވާ ދަތިތަކާ ގުޅިގެން، ބޯޑަރު ހުރަސްކޮށް ކުރެވޭ މުޢާމަލާތްތަކުގައި ދިވެހި ރުފިޔާއާއި ސްރީލަންކާ ރުޕީ ބޭނުންކުރުމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ވިޖިތަ ހެރަތް ދިވެހި ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ހެރަތު މި އެދިވަޑައިގަތުމަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ މަސައްކަތްތެރިންނަށް ފަސޭހަވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަތުމެކެވެ.

ދިވެހިރާއްޖޭގައި ސްރީލަންކާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަޒީފާ އަދާކުރަމުންދާއިރު، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އިސް މަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އާންމު މަސައްކަތްތެރިންނާއި ގޭގެ މަސައްކަތު މީހުން ހިމެނެއެވެ. މީގެ ތެރެއިން ބައެއް މީހުންނަށް މަހަކު 3،000 ޑޮލަރު ހަމައަށް މުސާރައިގެ ގޮތުގައި ދިވެހި ރުފިޔާއިން ލިބެއެވެ.

ދިވެހިރާއްޖެއިން ބޭރަށް ފޮނުވޭ ބޭރު ފައިސާގެ އަދަދަށް ވަނީ ލިމިޓެއް ކަނޑައަޅާފައެވެ. މިއީ ރާއްޖެއިން ޑޮލަރު ބޭރުވާ މިންވަރު ކުޑަކޮށް، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވިޔަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ.

މިނިސްޓަރު ހެރަތުގެ މި އެދިވަޑައިގަތުމުގެ ކުރިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ މަސައްކަތްތެރިންނަށް ފަސޭހަވާނެ ގޮތަށް، މިހާރު ބޭރު ފައިސާ ފޮނުވުމަށް ކަނޑައަޅާފައިވާ ލިމިޓް އަލުން މުރާޖަޢާކުރުމަށް ދިވެހިރާއްޖެއިން ވަނީ އެދިފައެވެ.

- ކޮމެންޓް