އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 2025 ވަނަ އަހަރު ސްރީލަންކާގެ ތަރައްޤީއަށް 900 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ކަނޑައަޅައިފިއެވެ.
އޭޑީބީ އިން ބުނީ ލަންކާ އަށް އެހީތެރިވެދެނީ އިގްތިސާދު ހަރުދަނާ ކުރުމަށާއި، ހަކަތަ އާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން އަދި މީހުން ބިނާކުރުމަށް ކަމުގައެވެ. މި ދާއިރާތަކުގެ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށާއި ޓެކްނިކަލް އެހީގެ ޕްރޮޖެކްޓްތަކަށް އެހީ ދިނުމަށް ނިންމި ކަމަށް ސްރީލަންކާގައި މީޑިއާ އިން އޭޑީބީގެ އިސް އޮފިޝަލުންނާ ހަވާލާ ދީ ބުނެފައިވެއެވެ.
އޭޑީބީގެ ކަންޓްރީ އޮޕަރޭޝަންސް ވެރިޔާ ޗޮލްޕޮން މަމްބެޓޯވާ ވިދާޅުވީ ސްރީލަންކާ ސަރުކާރާއެކު އެހީ ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަންޓްރީ ޕްރޮގްރާމިންގ މިޝަންގައި 2025 އިން 2028 އަށް ހިންގާނެ ޕްރޮޖެކްޓްތަކުގެ ޕައިޕްލައިން ނިންމުމަށް މަޝްވަރާކުރެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.