ކ. މާލެ
|
22 ފެބްރުއަރީ 2025 | ހޮނިހިރު 14:33
ރަހީނެއްގެ ގޮތުގައި ހުރި އިސްރާއީލުގެ މީހަކު ހަމާސް އިން ރެޑް ކްރޮސް އާ ހޮނިހިރު ދުވަހު ހަވާލު ކުރަނީ
ރަހީނެއްގެ ގޮތުގައި ހުރި އިސްރާއީލުގެ މީހަކު ހަމާސް އިން ރެޑް ކްރޮސް އާ ހޮނިހިރު ދުވަހު ހަވާލު ކުރަނީ
ރޮއިޓަރސް
އިސްރާއީލް-ފަލަސްތީން މައްސަލަ
ހަމާސް އިން ހޮނިހިރު ދުވަހު އިތުރު ދެ ރަހީނުން ދޫކޮށްލައިފި
މިއީ ފުރަތަމަ މަރުހަލާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ދިރިތިބި ރަހީނުންގެ އެންމެ ފަހު ބެޗް ގެ ތެރެއިން ބައެކެވެ. މީގެ ބަދަލެއްގެ ގޮތުން އިސްރާއީލުގެ ޖަލުތަކުން އިތުރު ފަލަސްތީނު މީހުން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ ހަމާސް އިން ހޮނިހިރު ދުވަހު އިސްރާއީލުގެ އިތުރު ދެ ރަހީނުން ދޫކޮށްލައިފި އެވެ.

މިއީ ފުރަތަމަ މަރުހަލާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ދިރިތިބި ރަހީނުންގެ އެންމެ ފަހު ބެޗް ގެ ތެރެއިން ބައެކެވެ. މީގެ ބަދަލެއްގެ ގޮތުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އިތުރު މީހުން ވެސް ދޫކުރެވޭނެ ކަމަށް ބެލެވެއެވެ.

އެނެއްކޮޅުން މަރުވެފައި ވަނިކޮށް ރައްދު ކުރި ޝިރީ ބިބާސްގެ ހަށިގަނޑު ގެ ބަދަލުގައި އެހެން މީހެއްގެ ހަށިގަނޑު ރައްދު ކުރި މައްސަލަ ގޯސްވެފައިވަނިކޮށް ޝިރީ ބިބާސްގެ ޢާއިލާއިން ހޮނިހިރު ދުވަހުގެ ކުރީކޮޅު އޭނާގެ ހަށިގަނޑު ލިބުނު ކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ހޮނިހިރު ދުވަހު ފުރަތަމަ ދޫކޮށްލި ދެ މީހުން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ދެކުނު ޣައްޒާގެ ރަފަހް ގައެވެ. އެތަނުން އެކަކު ވަނީ ކަޅު ހެދުމުގައި މޫނު ނިވާކޮށްގެން ބަޑިހިފައިގެން ތިބި ހަމާސް ގެ ހަނގުރާމަވެރިންގެ މެދުގައި ހުރެ އެ މައިދާނަށް އެއްވެ ތިބި މީހުންނާ މުޚާޠަބު ކޮށްފައެވެ. އޭގެ ފަހުން ދެ މީހުން ވަނީ ރެޑް ކްރޮސްއާ ޙަވާލުކޮށްފައެވެ. އަދި ރެޑް ކްރޮސްއިން ވަނީ އެ މީހުން ގާފިލާއެއްގައި އެތަނުން ގެންގޮސްފައެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ދެ މީހުން ބަލައިގަނެ އިސްރާއީލުގެ ސަރަޙައްދަށް ގެނެސްފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފައިވެއެވެ.

އިތުރު ހަތަރު ރަހީނުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޣައްޒާގެ މެދުތެރޭގެ ސަރަހައްދެއްގައި ވަކި ރަސްމިއްޔާތެއްގައި ދޫކުރެވޭނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް