ރަމަޟާންމަހާއި ދިމާކޮށް ސަރުކާރުން ދިވެހި ކޮންމެ ގޭބިސީއަކަށް ބަހާ މަސްދަޅު ކޭސް، ދުވާލުގެ ގަޑިތަކުގައި ބެހުން މާލެ ސަރަހައްދުގައި ހުއްޓާލައިފި އެވެ.
މީގެ ކުރިން ދުވާލާ ރޭގަނޑު ވެސް މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައިކަން ހާމަކުރައްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
އާދަމް ޝަރީފު ހާމަކުރައްވާފައިވާ ގޮތުގައި މާލެ ސަރައްހަދުގައި ހޮނިހިރު ދުވަހުގެ (22 ފެބްރުއަރީ 2025) ރެއިން ފެށިގެން މަސް ދަޅު ކޭސް 13 ތަނަކުން ބަހާނެއެވެ. އެގޮތުން ކުރިން ކަނޑައަޅާފައި ހުރި ތަންތަނުގެ އިތުރުން ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިނޑި ބަރިތައް ހުރި ދިމާލުންނާ ސޯޝަލް ސެންޓަރުންނާ ހެންވޭރު ދަނޑުންނާ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ ވެސް އިތުރު ދެ ތަނަކުން މަސް ދަޅު ކޭސް ލިބެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.
Greater Male’ gai rey Roadha Hadhiyaa (Mas dhalhu case) behifaivaa goiy.
— Adam Shareef Umar (@Adamshareefz) February 21, 2025
VilliMale’ 582
MTCC Saw Mill 2083
Mifco 3666
Hiyaa Flat 10. 1555
Umaru Zahiru billding 1508
Total: 9394
Maadhamaa (Saturday) rein feshingen Male’ gai, Galolhu Dhanduge 4 faraathuge sidibari kairin, Social…
13 ތަނުން ކޮންމެ ތަނެއްގައި ވެސް ފަސް މޭޒަކުން ހިދުމަތް ލިބެން ހުންނާނެ ކަމަށާއި ދުވާލު ގަޑީގައި ހޫނު ގަދަވާނެ ކަމަށް ފެންނާތީ ދުވާލު ގަޑީގައި މަސްދަޅު ބެހުން ހުއްޓާލާ ދެން މަސްދަޅު ބަހާނީ ހަމައެކަނި ރޭގަނޑު ގަޑީގައި އެކަނި ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކިޔުގައި ގިނަ އިރު ރައްޔިތުން ތިބެން ނުޖެހި މަސްދަލު ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާ އަދި 28 ފެބްރުއަރީ އާ ހަމައަށް ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ނުލިބޭނަމަ ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ލިބެންދެން ސަރުކާރުން މަސްދަޅު ބަހަމުން ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.