ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 19:32
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ތޮއްޑޫ ކައުންސިލް ރައީސް އަޙުމަދު ކަރަމް ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ތޮއްޑޫ ކައުންސިލް ރައީސް އަޙުމަދު ކަރަމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ތޮއްޑޫގެ ތަރައްޤީ
ތޮއްޑޫގެ އިންފްރާސްޓްރަކްޗަރ އަށް އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްދީފައިވަނީ ނިމިދިއަ ސަރުކާރުން: ކަރަމް
ތޮއްޑޫގައި އެސްއެމްއީ ބޭންކް އުފައްދަވާ އެ ބޭންކުން ތޮއްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ލޯނުތަކެއް ދޫކުރެވިފައިވޭ
މިހާރުގެ ސަރުކާރުން ތޮއްޑޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދޭ

އއ. ތޮއްޑޫގެ އިންފްރާސްޓްރަކްޗަރ އަށް މުހިންމު ގިނަ މަސައްކަތްތަކެއް ނިމިދިއަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށް އެ ރަށުގެ ކައުންސިލް ރައީސް އަޙުމަދު ކަރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކަރަމް ވިދާޅުވީ ތޮއްޑޫގެ އިންފްރާސްޓްރަކްޗަރ އަށް ވަރަށް މުހިންމު ގިނަ މަސައްކަތްތަކެއް ނިމިދިއަ ސަރުކާރުން ކޮށްދީފައިވާ ކަމަށާއި އެގޮތުން އެ ރަށުގެ ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި 12 ކްލާސްރޫމާއި، ރަށުގެ ބަނދަރާއި ނަރުދަމާގެ އިތުރުން ފުޓުބޯޅަ ދަނޑުވެސް ތަރައްޤީކޮށްދީފައި ވާކަމަށެވެ.

އަދި މީގެ އިތުރުން ތޮއްޑޫގެ އައު އިންޖީނުގެ އަދި މުޅި އިލެކްޓްރިކް ގްރިޑް އެއްކޮށް އަޕްގްރޭޑް ކުރެވުމާއި އެކު ޓްރާންސްފޯމަރުތައް ވެސް ބެހެއްޓި، އެޗްވީ ނެޓްވޯކަކަށް ބަދަލުކުރެވި މުޅި އިލެކްޓްރިކް ގްރިޑް އެއްކޮށް ސްޓެޕް ލައިޒް ކުރެވިގެން ދިއަކަމަށް ކަރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަމް ވިދާޅުވީ އެސްއެމްއީ ބޭންކް ތޮއްޑޫގައި އުފައްދައި އެ ބޭންކް މެދުވެރިކޮށް ތޮއްޑޫގެ ވިޔަފާރިވެރިންނަށް އެތައް މިލިއަން ރުފިޔާއެއްގެ ލޯނު ދޫކުރެވިފައި ވާ ކަމަށާއި އަދި އެ ރަށުގެ ގެެސްޓްހައުސްތަކުގެ ރެޕިޑް ގްރޯތްގެ އެންމެ ބޮޑު ސިއްރަކީ ވެސް އެސްއެމްއީ ބޭންކް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިއަ ސަރުކާރުން ވަނީ ތޮއްޑޫގެ އިންފްރާސްޓްރަކްޗަރް އަށް ވަރަށް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްދީފަ.އެގޮތުން ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް، 12 ކްލާސްރޫމް، ބަނދަރު، ނަރުދަމާ، ފުޓުބޯޅަ ދަނޑު، އިންޖީނުގެ އަދި މުޅި އިލެކްޓްރިކް ގްރިޑް އެއްކޮށް އަޕްގްރޭޑް ކުރެވުމާއި އެކު ޓްރާންސްފޯމަރުތައް ވެސް ބެހެއްޓުނު.

ތޮއްޑޫ ކައުންސިލް ރައީސް އަޙުމަދު ކަރަމް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން ތޮއްޑޫގައި ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކާއި ގުޅިގެން ވާހަކަދައްކަވަމުން ކަރަމް ވިދާޅުވީ މި ސަރުކާރު އައިފަހުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ބަލައި އެންމެ ބޮޑަށް މަސައްކަތް ކުރީ ތޮއްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ މަސައްކަތަކީ ނިމިދިއަ ރައީސް ޞާލިހުގެ ސަރުކާރުން އެޗްޑީސީއާއި ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށާއި ނަމަވެސް އެ މަޝްރޫއު ނުފެށިގެން އުޅެނިކޮށް ސަރުކާރު ބަދަލުވެފައިވާ ކަމަށެވެ.

އަދި މި ސަރުކާރު އައިފަހުން މަޖިލިސް އިންތިޚާބާއި ދިމާކޮށް ގާތަކެއް ގެނެސް ބާއްވާފައި، އެކަމަށް މުވައްޒަފުންތަކެއް ވެސް ނަގާ މަގުހަދާކަމަށް ބުނެ ޑްރާމާއެއް ވެސް މި ސަރުކާރުން ކުޅުނު ކަމަށާއި ނަމަވެސް އޭގެ ފަހުން އަހަރެއްވެގެން ދިއައިރުވެސް އަދިވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވޭކަމަށް އަޙުމަދު ކަރަމް ވިދާޅުވިއެވެ.

- ކޮމެންޓް