ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 13:33
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް ޑރ.މުހައްމަދު މުއިއްޒު
މިހާރުގެ ވެރި މީހާގެ ފަރާތުން ފެންނަނީ ދުވަހަކުވެސް ނު ފެންނާނެ ނެއެއްގާނީ ސިފަތައް - ވަހީދު
މިއީ ދިވެހި ރައްޔިތުންގެ އިންތިހާ މާޔޫސްކަމާއި ނިކަމެތިކަމުގެ އަރިހެއް ކަމަށް އޭނާ ވިދާޅުވި
ރައީސް ޑރ.މުހައްމަދު މުއިއްޒު ދޮގުވެރިވަމުންދާ ކަމަށް ސާބިތުވަމުންދާ ކަމަށް އޭނާ ވިދާޅުވި
މި ސަރުކާރުން ދިވެހިންނަށް ދުއްތުރާލާ ދަތިކަން ޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި

މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތުން ފެނިގެން ދަނީ ދުވަހެއްގެ ކޮޅުން ވެސް ދިވެހި ވެރިއެއްގެ ކިބައިން ނުފެންނާނެ ފަދަ ނެއެއްގާނީ ސިފަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަަދައްކަވަމުންނެވެ. މި ސަރުކާރުން ވަނީ މަސްދަޅު ކިއު އެއްގައި ރައްޔިތުން ޖައްސާ އެކަމުގެ އަޅުވެތިކަމުގައި ދިވެހިން ޖައްސާފައިވާ ކަމަށާއި އެންމެ ސިކުންތަކަށް ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގައި އެންމެ ސިކުންތަކު ބަހައްޓަން ވެސް އާއްމުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވެރިކަމުގައި ހުރިހާ ދާއިރާ އަކުން ވެސް ދިވެހިންނަށް ދުއްތުރާލާ ދަތިކަން ޖައްސަމުންދާ ކަމަށާއި އާއްމުން ތިބީ އިންތިހާ މާޔޫސްކަމާއި ނިކަމެތިކަމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވަހީދު ވަނީ ރައީސް މުއިއްޒު އަކީ ދޮގުވެރި އެއްކަން މއިަދު ސާބިތުވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް މިއަދު އެބަ އިނގޭ ސީދާ ދޮގުވެރިއެއްކަން. ފުރަތަމަ ހުސް ގޮނޑި އެއް ދައްކައިގެން ދޮގު ހެއްދެވީ. ދެން ސީދާ ޕާޓީގެ ރައްޔިތުންނަށް ދޮގު ހައްދަވާ ނިކަމެތި ކުރަމުން އެ ދަނީ. ދެން އަޅުގަނޑުމެންނަށް ފެނުނީ ފްލެޓާއި ގޯތީގެ ރައްޔިތުންނަށް މަގުމަތީގައި ބައިތިއްބައިގެން ދޮގު ހަދައިގެން އަހަރެއް ވަންދެން ގޯނާ ކުރަމުން ދާތަން.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

މީގެ އިތުރުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވެސް މި ސަރުކާރުން ވަނީ އަތް ބާނާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިންގެ ބެންކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި އެތަން މިނިވަން ކުރަން މިއަދު މަސައްކަތްކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވި މިއަދު ބެންކުތަކުގައި ހުރި ދިވެހިންގެ ފައިސާގެ ރައްކާތެެރިކަން ވެސް ކަށަވަރު ނުވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން އެފަދަ ކަންކަން ސަރުކާރުން ކުރާނެހާ ގޮތަކަށް ކުރަން ދޫކޮށް ނުލާނެ ކަމަށާއި އެކަންކަމާއި މެދު އެމްޑީޕީން އަޑު އުފުލާ ހައްގުތައް ހޯދަން ވަކާލާތުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް ވެސް މި ސަރުކާރުން ދައްކަނީ ދޮގު ހުވަފެންތައް ކަމަށާއި މަސްވެރިން ވެސް ތިބީ ނާއުންމީދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވަނީ ރައްޔިތުން މަގުމަތިކުރުމަށް ފަހު ރައީސް މުއިއްޒު ހުންނެވީ މާލީ ވުޒާރާތަކަށް ވެސް އިތުރުފުޅު ހައްދަވައިގެން ކަމަށް ވިދާޅުވެފައެެވެ. އެގޮތުން ރާއްޖޭގެ ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނެ އައިއެމްއެފް އަށް ވެސް މި ސަރުކާރުން ހަދާފައި ވަނީ ދޮގު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރަށް ރާއްޖޭގެ މާލީ ކަންކަން މެނޭޖް ނުކުރެވި ދިވެހި ރައްޔިތުން ތިބީ ހާސްކަމެއްގައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. މިއީ ރައްޔިތުން ހޭލަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއަދު ވެރިކަމުގައި ހުރީ ނުބައި ވެރިއެއް ކަަމަށް ސިފަކުރައްވާ އޭނާ ވަނީ ރައީސް މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

- ކޮމެންޓް