ކ. މާލެ
|
20 ފެބްރުއަރީ 2025 | ބުރާސްފަތި 12:28
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު
ީމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް، ޕަބްލިކް ވޯކްސް
އީދު ލައިޓްތަކަށް ބޮޑު ހޭދައެއް
އީދު ލައިޓްތަކަށް 28 މިލިއަން ރުފިޔާ ހަރަދުކުރަނީ
މިފަހަރު މިތަކެތި ގެންނަނީ ލައިޓާއިބޮކި ނުލިބޭ 36 ރަށަށް
ރާއްޖެދަނީ ކުރިއަށް، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ތަހުޒީބަށް އަދި ރީތި ކަމަށް ލޯބިކުރާ ބައެއް
އީދު ލައިޓްތަކާއެކު، އިސްލާމީ ވަހުދަތު ރައްކާތެރިވާނެ ކަމަށް ވިދާޅުވެފައިވޭ

އީދާ ގުޅިގެން ގެންނަ ލައިޓްތަކާއި، ބޮކިތަކަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާކުރި ސުވާލަށް ޖަވާބު ދެއްވެމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދުތަކުގައި މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތައް ދިއްލުމަށް ގެންނަ ލައިޓްތަކާއި ބޮކިތައް ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭނެ ކަމަށެވެ.

މިފަހަރު ގެންނަ ލައިޓްތަކާއި ބޮކިތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އާދަމް ޝާރީފް ވިދާޅުވީ މިފަހަރު މިތަކެތި ގެންނަނީ ލައިޓާއިބޮކި ނުލިބޭ ރަށްތަކަށް ކަމަށާއި، 36 ރަށަށް ކަމަށެވެ. އަދި މި 36 ރަށަށް މުޅި ޖުމްލަ ހަރަދުވާނީ ގިނަވެގެން 28 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ފަހަރު އަޅުގަނޑުމެން ބޭނުންކުރި ލައިޓްތަކަކީ ވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ހިތްވަރު ވެސް މިދެނީ އެ ލައިޓްތަކަކީ ކުރިއަށް އޮތްތަނުގައި ވެސް ބޭނުންކުރެވޭނެ ތަކެއްޗަށްވާތީވެ. އަޅުގަނޑުމެން މިގެންނަނީ ހަގީގަތުގައި މިސާލަކަށް އަޅުގަނޑުމެން މާލެއަކަށް ނުގެންނަން. ކުރިން ދިން ރަށްރަށަކަށް އަޅުގަނޑުމެން ނުގެންނަން. އަލަށް މިގެންނަ ރަށްރަށަށް މިގެންނަނީ. މިއަހަރު 36 ރަށަށް ހަރަދުވާނެ ކަމަށް މިބަލަނީ އެންމެ ގިނަ ވެގެން 28 މިލިއަން އެނގޭތޯ. އެއީ ހުރިހާ ރަށަކަށް ފައިސާ ބަހާލާއިރުގައި އަޅުގަނޑު ދެކޭގޮތުގައި އެރަށްރަށުގެ ރައްޔިތުންނަށް ވެސް ކުރިއަށް އޮތް އެތައް އަހަރަށް ބޭނުންކުރެވޭ ވަސީލަތަަށްވާއިރު މިތަކެއްޗަކީ ލިބުމަށްފަހު އެރަށްރަށުގައި ރިސީވް ކުރުމަށްފަހު އެމީހުންގެ އިންވެންޓްރީއަށް ވަންނަ އެމީހުންގެ މުދަލަށް ކަމަށްވާތީ. އަޅުގަނޑު ދެކޭގޮތުގައި މިއީ ހަމަ އެރަށްރަށަށް މުހިންމު ބޭނުންތެރި އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާ ދަނޑިވަޅެއްގައި އީދު ލައިޓުތަކަށް 28 މިލިއަން ރުފިޔާ ހަރަދުކުރުމަކީ މުހިންމުކަމެއްތޯ ސުވާލު ކުރުމުން ސީދާ ޖަވާބެއް މިނިސްޓަރު އާދަމް ޝަރީފް ދެއްވާފައިނުވެއެވެ.

އޭގެ ބަދަލުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެދަނީ ކުރިއަށް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ތަހުޒީބަށް އަދި ރީތި ކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. އީދު ލައިޓްތަކާއެކު، އިސްލާމީ ވަހުދަތު ރައްކާތެރިވެ، އެކަމަށް ދިވެހިންގެ ތެރޭގައި އެލޮއެއްބާ އިހުތިރާމް ވަރަށް ބޮޑަށް ލިބޭ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

- ކޮމެންޓް
20 ފެބްރުއަރީ 2025 | ބުރާސްފަތި 15:13
ހިއްސާން
އަޅެ އަހަރުމެން ގެ ދީނީ ވަހުދަތާ ގުޅުވައިގެން ބޭކާރު ޚަރަދު ނުކުރައްވާ. ތި ފައިސާކޮޅު ސޭވް ކުރައްވާ. ރާއްޖޭގެ ހާލަތު އޮޅުވާނުލާ. މި ދަނީ ވ. ގޯހުން ގޯހަށް.