Advertisement
ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 15:51
މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށައިފި
މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށައިފި
ރާއްޖެއެމްވީ
އޯކިޑް ޕްލާޒާ ތަޅާލުން
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ
އެ އިމާރާތުގައި މަސްތުވުމަށާއި މަސްތުވުމުގެ އެކި އަމަލުތައް ހިންގަން މީހުން ވަންނަ ކަމުގެ ޝަކުވާތައް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮށްފައިވެއެވެ.

އާންމުންނަށް ގެއްލުމަށް ލިބިދާނެ ކަމަށް ފެންނާތީ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސްއިން ފަށައިފިއެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި، ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމުން ތަޅާލަން ނިންމައިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދޭ ކަމަށާއި ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އޯކިޑް ޕްލާޒާއަކީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ބިލްޑިންގއެކެވެ. ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރެ، ތަނުގެ ހާލަތު ވަނީ ދަށްވެފައެވެ.

އެ އިމާރާތުގައި މަސްތުވުމަށާއި މަސްތުވުމުގެ އެކި އަމަލުތައް ހިންގަން މީހުން ވަންނަ ކަމުގެ ޝަކުވާތައް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮށްފައިވެއެވެ.

- ކޮމެންޓް