ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 10:01
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓަރސް
ޕީއެސްޖީ
އެންރީކާ ބުނީ ބްރެސްޓަކީ އަދިވެސް އުނދަގޫ ޓީމެއް ކަމަށް ޤަބޫލު ކުރާ ކަމަށް
މީގެ އިތުރުން ބްރެސްޓު ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެއީ އާދައިގެ ގޮތަކަށް ބެލެވޭނެ ޓީމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި އިންޑިވިޖުއަލް ރަނގަޅު ކުޅުންތެރިން ތިބިކަން ފާހަގަކޮށް އެންރީކޭ ބުނީ، އެ ޓީމަކީ ރިސްކެއް ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ބެރެސްޓާ ދެކޮޅަށް ނިކުންނައިރު، އެ ޓީމަކީ އުނދަގޫ ޓީމެއް ކަމަށް އަދިވެސް ޤަބޫލު ކުރާ ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބްރެސްޓާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ބްރެސްޓުގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0 އިންނެވެ.

އެންރީކޭ ބުނީ، ޕީއެސްޖީ އަށް ފުރަތަމަ ލެގުގައި ރަނގަޅު ނަތީޖާއެއް ލިބިފައި އޮތް ނަމަވެސް، ދެ ވަނަ ލެގުގެ މެޗަކީ ރިސްކު ބޮޑު މެޗަކަށް ވާނެ ކަމަށެވެ. އަދި ޕީއެސްޖީގެ ޒިންމާ އަކީ އެ މެޗުން ވެސް މޮޅު ޔަގީން ކުރުން ކަމަށާއި، އުފަލާ އެކު އަނެއް ބުރުން ޖާގަ ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ.

ބްރެސްޓާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގަށް އިޝާރާތް ކުރަމުން އެންރީކޭ ބުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި، އަމިއްލަ ދަނޑުގައި ކުޅުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް، އެ މެޗުގައި ވެސް ކުޅެން ޖެހޭނީ އެޓޭކު ކުރުމާއި، ޑިފެންސް ކުރުމުގައި ސަމާލުވެގެން ކަމަށް އޭނާ ދެކެ އެވެ.

މީގެ އިތުރުން ބްރެސްޓު ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެއީ އާދައިގެ ގޮތަކަށް ބެލެވޭނެ ޓީމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި އިންޑިވިޖުއަލް ރަނގަޅު ކުޅުންތެރިން ތިބިކަން ފާހަގަކޮށް އެންރީކޭ ބުނީ، އެ ޓީމަކީ ރިސްކެއް ކަމަށެވެ.

އެހެންކަމުން އެ ޓީމާ ދެކޮޅަށް ކުޅުމުގައި ވަރަށް ބޮޑަށް ސަމާލުވެ ތިބެން ޖެހޭ ކަމުގައި އޭނާ ބުންޏެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ބްރެސްޓާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

- ކޮމެންޓް