ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 23:16
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)
ޕީއެސްއެމް
މިފްކޯ
މިފްކޯގެ ޖެނެރަލް މެނޭޖަރުންތަކެއް މަޤާމުން ވަކިކޮށްފި
މިފްކޯގެ ތިން ޖެނެރަލް މެނޭޖަރުން މަޤާމުން ވަކިކުރިކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ
ވަކިކުރީ ކޮން ބޭފުޅުންނެއްކަމެއް މިފްކޯއިން ހާއަމައެއް ނުކުރޭ

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ތިން ޖެނެރަލް މެނޭޖަރުން މަޤާމުން ވަކިކޮށްފިއެވެ.

މިފްކޯއިން މިކަން ކަށަވަރުކޮށްދީފައި ވާއިރު، އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުންފުނީގެ ތިން ޖެނެރަލް މެނޭޖަރުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މި ތިން ޖެނެރަލް މެނޭޖަރުން ވަކިކުރީ މެނޭޖްމެންޓް ޕާފޯމެންސް ރިވިއު ކުރުމަށްފަހު ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން މިކަން ކަށަވަރުކޮށްދިން ނަމަވެސް ވަކިކުރީ ކޮން ބޭފުޅުންނެއްކަން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމު އެޖެންޑާގެ ދަށުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރުން ފެށިގެން މި އެޖެންޑާގެ މަސައްކަތް ކުރިއަށްދާއިރު ކުންފުނީގެ ހިންގުމަށް އަދި މަގާމުތަކާށް ވަގުތީ އަދި ދާއިމީ ބަދަލުތަކެއް ގެންނާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސާ (ސީއީއޯ) އަށް ޔޫކްރޭންގެ ރައްޔިތެއް ކަމުގައިވާ ޑރ. ވިތާލީ ލުބިމޮފް އައްޔަންކުރީ މި އެޖެންޑާގެ ދަށުންނެވެ. އަދި، މީޑިއާތަކަށް ދެމުންދިޔަ ސްޕޮންސާތައް ކަނޑާލަން ނިންމީ ހަރަދުކުޑަރުމަށް ކަމަށް މިފްކޯ އިން ބުނެ އެވެ.

މިފްކޯ އަކީ ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަރަންޏާއެކު ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ.

- ކޮމެންޓް
19 ފެބްރުއަރީ 2025 | ބުދަ 08:58
އަންދަލޫިސޔާ
ތިޔަ ބައެއްގެ ނަން ތަކެއް ނުހުރޭތޯ؟