ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 09:09
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ފުރުސަތުގެ ބޭނުން ހިފައި ބާސެލޯނާ އެއް ވަަނަ އަށް
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ލިބެނީ 51 ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާ އިން ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ވަޔެނާކޯއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު ބާސެލޯނާގެ ރަފީނިއާ ހުރަސްކޮށްދިން ބޯޅަ، ރޮބާޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ވަޔެކާނޯގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ރަފީނިއާ ފޮނުވާލި ބޯޅަ، ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ އިރުކޮޅެއް ފަހުން ރަފީނޮއާ ފޮނުވާލި ބޯޅަ ވަޔެނާކޯގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަދި ރީބައުންސަށް އައި ބޯޅަ ލެވަންޑޯސްކީ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވަޔެކާނޯގެ އޭރިޔާ ތެެރެއިން ބާސެލޯނާގެ އިނީގޯ މާޓިނޭޒް އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީ ދީފަ އެވެ. އެ ޕެނަލްޓީ ދޭން ރެފްރީ ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އެވެ.

ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮަށް، އެ ޓީމަށް ކުރި ހޯދައިދިނީ ލެވަންޑޯސްކީ އެވެ. އޭގެ ފަހުން ބާސެލޯނާގެ ލަމީން ޔަމާލް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

- ކޮމެންޓް