ކ. މާލެ
|
17 ފެބްރުއަރީ 2025 | ހޯމަ 16:50
އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މަޖިލިސް
އީސީގެ ރައީސް ކަމަށް ޒާހިދު, ނައިބު ރައީސް ކަމަށް ސަލާހް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި
ޒާހިދު އައްޔަންކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުން
ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު އައްޔަން ކުރުމަށް 69 މެންބަރުން ވޯޓު ދެއްވި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. 

މި ދެބޭފުޅުންނަށް ވެސް ރުހުން ދީފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޒާހިދު އައްޔަންކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު އައްޔަން ކުރުމަށް 69 މެންބަރުން ވޯޓު ދެއްވިއެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒު އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާހްގެ އައްޔަންކުރެއްވީ 26 ޖެނުއަރީ 2025 ގައެވެ.

- ކޮމެންޓް