ކ. މާލެ
|
17 ފެބްރުއަރީ 2025 | ހޯމަ 10:35
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
އިޓާލިއަން ލީގު
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮތް ނަމަވެސް، ބައްޔާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. މިހާތަނަށް ކުޅެފައިވާ 25 މެޗުން 54 ޕޮއިންޓާ އެކު އިންޓަރ މިލާން އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ނަޕޯލީ އަށް ލިބެނީ 56 ޕޮއިންޓެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިލާން ބަލިވީ 1-0 އިންނެވެ. މެޗުގައި ޔުވެންޓަސް އިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގައި އިންޓަރ މިލާނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު އިންޓަރ މިލާާންގެ މަހްދީ ތަރޭމީ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ލައުޓާރޯ މާޓިނޭޒް ހުރަސްކޮށްދިން ބޯޅަ ޑެންޒެލް ޑަމްފްރީސް ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ ގޯމާ އަމާޒުވާ ގޮތެެއް ނުވި އެވެ.

މެޗުގައި ޔުވެންޓަސްގެ ފްރެންސިސްކޯ ކޮންސެއިސާއޯ ފޮނުވާލި ހަމަލާ އިންޓަރ މިލާންގެ ގޯލު ކީޕަރު މަތަކުރިއިރު، ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ ވެސް އެ ޓީމުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގައި އިންޓަރ މިލާނަަށް ލީޑު ނަގައިދޭނެ ފުރުސަތު މާޓިނޭޒް އަށް ވެސް ލިބުނެވެ. މީގެ އިތުރުން އިންޓަރ މިލާންގެ ޑަމްފްރީސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ކޮންސެއިސާއޯ އެވެ. އެއީ މެޗުގެ 74 ވަނަ މިނެޓުގައި ކޯލޯ މުއާނީ ތަނަވަސްކޮށްދިން ފުރުސަތެެއްގައި އޭނާ ޖެހި ލަނޑެކެވެ.

- ކޮމެންޓް