ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 13:23
ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ)
ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ)
ޕޮލިސް
ޕޮލިސް
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާ ޒައިދާން ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި
ޒައިދާން މުޙައްމަދު ހާޝިމް އަކީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ފަރާތެއް
ޒައިދާން މުޙައްމަދު ހާޝިމް އަކީ ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކި މައްސަލައެއްގައި މީގެ ކުރިން ބަންދުވެސް ކޮށްފައިވާ މީހެއް

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާ ޒައިދާން މުޙައްމަދު ހާޝިމް ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ގ. ސިނަމާލެ 1، 05-13 / މާލެ (28އ) ޒައިދާން މުޙައްމަދު ހާޝިމް އަކީ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ފަރާތެކެވެ. އޭނާ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފައިވަނީ ވެސް ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ޒައިދާން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޒައިދާން މުޙައްމަދު ހާޝިމް ހޯދަމުންދަނީ އޭނާގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ފެބްރުވަރީ 20 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޒައިދާން މުޙައްމަދު ހާޝިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކި މައްސަލައެއްގައި ކުށް ސާބިތުވެގެން އޭނާ ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. އަދި އެއިރުވެސް އޭނާއާއި ގުޅުންހުރި އެފަދަ އެހެން މައްސަލަތަކެއްވެސް ތަހުގީގުކުރަމުންދާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ޒައިދާންއާއި ދެކޮޅަށް ފުލުހުން ހޯދާފައިވާ ހެކިތަކުގެ ތެރޭގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ރިސިޓްތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކާއި އޮޅުވާލައިގެން މުދާ ހޯދުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ބޭންކް ސްލިޕްތަކާއި ކޯޓޭޝަނާއި އަދި އިންވޮއިސްތައް ހިމެނެއެވެ.

މީގެ އިތުރުން ޑޮލަރު ވިއްކާ ކަމަށް ބުނެ ބިދޭސީއެއްގެ އަތުން 28،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެއްގައި ވެސް 19 އޮކްޓޯބަރު 2024 ގައި ޒައިދާން ހައްޔަރުކޮށްފައިވެއެވެ. ޑޮލަރު ވިއްކުމަށް ކަމަށްބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، 28،000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް