ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 10:52
ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަދި ބަޔާން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
ޖަރުމަން ލީގު
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
މެޗު އެެއްވަރުވެ ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ލެވަކޫސަނަށް ލިބެނީ 47 ޕޮއިންޓެވެ.

ޖަރުމަނު ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އާއި ބަޔާން މިއުނިކް ބައްދަލު ކުރި މެެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލެވަކޫސަން އިން ވަނީ ތަނަވަސްކޮށްފަ އެވެ.

މެޗުގައި ލެވަކޫސަންގެ އެލެކްސް ގްރީމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅަ ބަޔާންގެ ގޯލު ކީޕަރު މެނުއަލް ނޯޔާ މަތަކުރި ވަގުތު ރީބައުންސްގައި ލިބުނީ ޖެރެމީ ފްރިމްޕޮން އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.

އޭގެ ފަހުން ލެވަކޫސަންގެ ކުޅުންތެރިޔަކު ހުރަސްކޮށްދިން ބޯޅައެއް، ބަޔާންެގެ ގޯލު އޭރިޔާ ތެރޭގައި ހުރެ ނެތަން ޓެލާ ފޮނުވާލި ނަމަވެސް، އެ ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

އޭގެ ފަހުން ލެވަކޫސަނަށް ލިބުނު ކޯނަރެއްގައި ގްރިމާލްޑޯ ހުރަސްކޮށްދިން ބޯޅަ ޓެލާ ބޮލުން ފޮނުވާލަން މަސައްކަތް ކުރިއިރު، ބަޔާންގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

މެޗު އެެއްވަރުވެ ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ލެވަކޫސަނަށް ލިބެނީ 47 ޕޮއިންޓެވެ.

- ކޮމެންޓް