ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 19:30
ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ އެކި މަސައްކަތް ކުރުމުގައި
ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ އެކި މަސައްކަތް ކުރުމުގައި
ޕެންޝަން އޮފީސް
ރަމަޟާން މަހު ދޭ އިނާޔަތް
ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދިނުމަށް އަންގައިފި
ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އަންގާފައިވޭ
ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދޭކަށް ނުޖެހޭ
ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށް ވެސް އަންގާފައިވޭ

ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފިއެވެ.

ބުދަ ދުވަހު ޕީސީބީން ބުނީ ވަޒީފާއާބެހޭ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ނުވަތަ ކުންފުންޏަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ކުންފުންޏަކުން ފައިސާ ނުދިނުމަށް ޕީސީބީން ވަނީ އަންގާފައެވެ.

ޕީސީބީން ވަނީ ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލަރޝިޕް މުވައްޒަފުން) އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ހަމަޖައްސައި ނުދިނުމަށާއި، މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުންނަނަމަ އެދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ ވަރެއް އެއަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ވެސް އަންގާފައެވެ.

މީގެ އިތުރުން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށާއި، ރަމަޟާންމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދިނުމަށް ޕީސީބީން އަންގާފައިވެއެވެ.

ޕީސީބީން ބުނީ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން ރަމަޟާން މަހު އިނާޔަތް ދިނުމުގައި އުސޫލާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

- ކޮމެންޓް